ނަތަންޔާހޫގެ ސަރުކާރު ވައްޓާލަން ނިންމައިފި

އިޒްރޭލުގެ ޕާލަމެންޓް ކެނެސެޓް އުވާލުމަށް އެ ގައުމުގެ އިދިކޮޅު ޕާޓީތަކުން ނިންމައިފިއެވެ. މިއަދު ކެނެސެޓްގެ އެޖެންޑާގައި މި ބިލު ހިމެނުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ނިންމާފައެވެ.

ކެނެސެޓްގައި ބޭއްވުނު އިދިކޮޅު ޕާޓީތަކުގެ ބައްދަލުވުމަކަށްފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ނިންމުމަކީ އެއްބަސްވުމަކުން ނިންމާފައިވާ އަދި ހުރިހާ ފަރާތްތައް ތަބާވާންޖެހޭ ނިންމުމެއް ކަމަށެވެ. އަދި ސަރުކާރު ވައްޓާލުމުގެ މަސައްކަތަށް އަމާޒު ހިފުމަށްޓަކައި އިދިކޮޅު ފަރާތްތަކުގެ އެހެން ހުރިހާ ބިލުތަކެއް އެޖެންޑާއިން އުނިކުރުމަށްވެސް ވަނީ ނިންމާފައެވެ.

އެހެންނަމަވެސް، ނަތަންޔާހޫގެ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ބެލެވެނީ އެމީހުންގެ އަމިއްލަ ބިލުތަކުން އެޖެންޑާ ފުރިހަމަ ކޮށް، މި ބިލުގެ ވޯޓު ލަސްކުރާށެވެ.

ނަތަންޔާހޫގެ ސަރުކާރަށް މިވަގުތު ޕާލަމެންޓްގެ 120 މެންބަރުންގެ ތެރެއިން 68 މެންބަރުންގެ ތާއީދު ލިބިފައި ވެއެވެ. ޔަހޫދީންގެ ތައުރާތް ކިޔަވާ ކުދިން ސިފައިންގެ ތެރެއަށް ވެއްދުމަށް ނަތންޔާހޫގެ ސަރުކާރުން މަސައްކަތް ކުރާތީ އުސޫލީ ސަލަފީ ޔަހޫދީންގެ ޕާޓީތަކުގެ މެމްބަރުން ވަނި އެކަމާ ދެކޮޅު ހަދާފައެވެ، ނަމަވެސް އިދިކޮޅުން މިގޮތަށް ނިންމު ނމަވެސް ނުފޫޒު ގަދަ ހަރުކަށި ޕާޓީތައް ކޮންޓްރޯލު ކުރާ އާރިއާ ދަރްއީ މިކަމާ މެދު ނިންމާ ގޮތަކުން ސަރުކާރު ދެމި އޮވެދާނެ އެވެ.

އާރިއާ ދަރްއީއަށް ސަރުކަރުގެ މަގާމެއް ނޯވެއެވެ. ކޮރަޕްޝަނާ ހެދި އޭނާ މަގާމު ފުރުމަށް އިލެކްޝަނުގެ ގާނޫން މަނާކޮށްފައިވާތީ ބަންޑާރަ ނާއިބް ގާލީ ބަހްރާވް ވަނީ ހަރުކަށިކޮށް އެކަން ތަންފީޒު ކުރުވާފައެވެ.

ހިއްސާ ކުރައްވާ!