އެމެރިކާގެ ކަމުވޮށިގެންވާ މީހުންނަށް އަންހެނުން ހޯދައިދީ އިޒްރޭލުގެ ޖާސޫސީ އިދާރާގެ ބޭނުމަށް މީހުން ބްލެކްމެއިލް ކުރުމުގެ މަސައްކަތުގައި އުޅުނު ހާވީ ވެއިންސްޓައިންގެ މައްޗަށް ކުށް ސާބިތު ވެއްޖެއެވެ.
މެންހަޓަންގެ ޖޫރީން ހާވީ ވެއިންސްޓައިންގެ މައްޗަށް ސާބިތުކޮށްފައި ވަނީ، 2006 ވަނަ އަހަރު އަންހެނަކަށް ޖިންސީ ގޯނާއެއް ކޮށްގެންނެވެ. މިއީ އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ، އޭނާގެ ކަސްބީ މަސައްކަތުގައި ގެންގުޅުނު އެތަކެއް އަންހެން ކުދިންނަށް ގޯނާ ކުރި މައްސަލަތަކުގެ ތެރޭން އެއް މައްސަލައެވެ.
ބައެއް މައްސަލަތައް ސާބިތުވެފައިވެއެވެ. އޭނާގެ މައްޗަށް އެއް ދައުވާއެއްގައި 16 އަހަރުގެ ހުކުމަކާއި އިތުރު އެހެން ދައުވާއެއްގައި 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އުމުރުން 73 އަހަރުގެ ވެއިންސްޓައިން ޝަރީއަތުގައި ބައިވެރިވެފައި ވަނީ ފުރޮޅުލީ ގޮނޑިއެއްގައި އިނދެގެންނެވެ.
ވެއިންސްޓެއިންއާ އެއްގޮތަށް އިޒްރޭލުގެ ޖާސޫސީ އިދާރާއިން ދައްލާލެއްގެ ގޮތުގައި ގެންގުޅުނު ޖެފްރީ އެޕްސްޓެއިން ވަނީ ހުކުމް ކޮށްފައި ވަނިކޮށް 2025ގައި ޖަލުގައި ދަންޖައްސައިގެން މަރަލާފައެވެ. ބެލެވޭގޮތުގައި އޭނާ މަރާލާފައި ވަނީ ސިއްރުތަކެއް ބޭޒާރު ވެދާނެތިއެވެ. ތަހުގީގަށް އެނގިފައިޥާ ގޮތުގައި އެޕްސްޓްއިން ވަނީ އޭނާގެ ކަސްބީ މަސައްކަތުގައި އެތައް އަހަރެއްގެ ތެރޭގައި 250 އަންހެން ކުދިން ބޭނުންކޮށްގެން އެމެރިކާގެ ކަމުވޮށިގެންވާ އެންމެން ދަލުގައި ޖައްސައި ބްލެކްމެއިލް ކޮށްފައެވެ.
އެމެރިކާގެ ރައީސް ޓްރަމްޕާއި އިލޮން މަސްކުގެ ޒުވާބުގެ ތެރޭގައި މަސްކު ވެސް ވަނީ އެޕްސްޓެއިންއާއެކު ޓްރަމްޕް ފެންނަ ފޮޓޯއެއް އެކްސްގައި ޕޯސްޓު ކޮށްފައެވެ. ނަމަވެސް ފަހުން އޭނާ އެ ޕޯސްޓް ޑިލީޓު ކޮށްލިއެވެ. އެކަމުގެ ސަބަބެއް ނޭނގެއެވެ.






