އިޒްރޭލުން ނަސްލު ނައްތާލާ ކަމަށް ކެނެޑާގެ ގިނަ ބަޔަކު ގަބޫލު ކުރޭ

ކެނެޑާގެ ހުރިހާ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ގަބޫލުކުރާ ގޮތުގައި އިޒްރޭލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ ޖަރީމާތަކެވެ. ކެނެޑާގެ އާންމުންގެ ޚިޔާލު ހޯދާ ކުންފުނި ލެގަރ އިން ކުރި އާ ސާވޭއަކުން މިކަން ދައްކާ ކަމަށް މީޑިއާއިން ރިޕޯޓު ކޮށްފައި ވެއެވެ. ޖުމުލަ ގޮތެއްގައި ދުނިޔޭގައި ގިނަ ބަޔަކު ދެކެނީ އިޒްރޭލަކީ ކެންސަރެއްފަދަ ނުރައްކާތެރި ބައްޔެއްގެ ގޮތުގައެވެ.

އިޒްރޭލުގެ ބޮޑު ވަޒީރަކީ ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން އަމުރު ނެރެފައިވާ މުޖުރިމެކެވެ. އަދި އޭނާގެ ދެ ވަޒީރުންނާ ދެކޮޅަށް 4 ގައުމަކުން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

އިޒްރޭލުން ފަލަސްތީނުގެ 2 މިލިއަން މީހުން ބަނޑަށް ޖައްސާފައިޥާ ކަމަށްވެސް ދުނިޔޭގެ މީހުން ދެކެއެވެ. އެމެރިކާގެ ކުލީ ސިފައން ނިވާފަތްގަނޑަކަށް ހަދައިގެން އިޒްރޭލުން އެހީދިނުމުގެ ނަމުގައި ކޮށްފައިޥާ މަސައްކަތުގައި މިހާތަނަށް ބަޑިޖަހައި 100 މީހުން މަރާފައި ވެއެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ޔަހޫދީ ލިޔުންތެރިޔާ ތޯމަސް ފްރެޑްމަންވެސް ނިއުޔޯކު ޓައިމްސްގައި މިއަދު ލިޔެފައި ވަނީ ދުނިޔޭގެ ކޮންމެ ތަނެއްގައި ޔަހޫދީން ދިރިއުޅުނު ކަމުގައިވިއަސް އެމީހުންނަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިޒްރޭލު ކަމަށެވެ.

ހިއްސާ ކުރައްވާ!