އިޒްރޭލާއި ފަލަސްތީނުގެ ދެ ދައުލަތުގެ ސުލްހައަށް ހައްލު ހޯދުމަށް އަންނަ ހަފްތާގައި ބާއްވާ އދ.ގެ ކޮންފަރެންސްގައި ބައިވެރިވާ ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ. މި ކޮންފަރެންސް ބޭއްވުމާ ދެކޮޅު ހަދަމުން އިޒްރޭލުގެ ނަސްލު ނައްތާލުމަށާއި ހަނގުރާމައިގެ ޖަރީމާތަކަށް ވާގިވެރިޥާ އެމެރިކާއިން ބުނެފައި ވަނީ މެދުއިރުމަތީގެ ސުލްހައަށް ބާއްވާ ކޮންފަރެންސަށް ފަހު "އިޒްރޭލާ ދެކޮޅަށް ފިޔަވަޅުތައް" އަޅާ ގައުމުތަކަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ މަސްލަހަތާ ދެކޮޅަށް އަމަލުކުރާ ގައުމުތަކެއްގެ ގޮތުގައި އެމެރިކާއިން ދެކޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން އެ ގައުމުތަކަށް ޖެހިދާނެ ކަމަށެވެ.
އެމެރިކާގައި ވަޒީފާތައް އުފެއްދުމަށް ޓްރިލިއަން ޑޮލަރުގެ ވިޔަފާރި ދިނުމަށް ވައުދުވެފައިވާ ސައޫދީ އަރަބިއްޔާއާއި ފްރާންސުން ބާއްވާ މިކޮންފަރެންސަކީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށާއި ދެ ދައުލަތުގެ ސިޔާސަތާ ގުޅޭ މަގުޗާޓެއް ހެދމަށް ބާއްވާ ކޮންފަރެންސެކެވެ.
"އަޅުގަނޑުމެން ސަރުކާރުތަކަށް އިލްތިމާސް ކުރަނީ މި ކޮންފަރެންސްގައި ބައިވެރި ނުވުމަށް، އެއީ އަޅުގަނޑުމެން ދެކޭ ގޮތުގައި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމާއި ރަހީނުކޮށްފައިވާ މީހުން މިނިވަން ކުރުމަށް ކުރަމުންދާ، ފުރާނަ ސަލާމަތް ކުރުމުގެ މަސައްކަތްތަކާ މި މަސައްކަތް ފުށުއަރާތީ،" އެމެރިކާ ސަރުކާރުން ގައުމުތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވެއެވެ.



