މަސްޖިދުލްއަގްސާއިން މީހުން ދަމައި ކޫއްތައި ބޭރުކޮށް މިސްކިތް ބަންދުކޮށްފި

އިޒްރޭލުގެ އިސްތިއުމާރީ ޔަހޫދީ ސިފައިން ވަނީ ހުކުރު ދުވަހުގެ ފަތިސް ނަމާދަށް ފަލަސްޠީނު މީހުންނަށް ނުވަދެވޭ ގޮތަށް މަސްޖިދުލް އަގްސާ ބަންދުކޮށްފައެވެ. ޔަހޫދީން ވަނީ މިސްކިތުގެ ދޮރުތައް ބަންދުކޮށް، ނަމާދަށާއި ޤުރުއާން ކިޔަވަން ތިބި  މީހުން މިސްކިތުން ބޭރުކޮށް އަދި މިސްކިތުގެ ހަރިއްމައިންވެސް ބޭރުވެގެން ދިއުމަށް އަންގައި އެންމެން ކޮއްޕައި ބޭރުކޮށްލާފައެވެ.

ފަލަސްތީނުގެ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ފުލުހުން މިސްކތަށް ވަދެފައިވަނީ ބޫޓާއެކުގައެވެ. އަދި މިސްކިތުގެ ހުރުމަތް ކަނޑާލައި މީހުން ބޭރުކުރީ ދަމައި ކުއްތާފައެވެ.

މިއީ ކޯވިޑް-19 އަށް ފަހު ޔަހޫދީން އަލްއަޤްސާ މިސްކިތުގެ ދޮރުތައް މީހުންނަށް ނުވަދެވޭ ގޮތަށް ބަންދުކުރި ފުރަތަމަ ފަހަރެވެ.

އިޒްރޭލުން އީރާނަށް ދިން ހަމަލަ:

އީރާންގެ ޑްރޯން ހަމަލަ އިޒްރޭލަށް

ހިއްސާ ކުރައްވާ!