އިޒްރޭލުގެ އުދުވާނާ ގުޅިގެން 10 ސުއާލުގެ ޖަވާބު

ޔަހޫދީން ދިން ސަބަބުން ނިއުކްލިއާ ސައިންސްވެރިންނާއި، އަސްކަރީ ކޮމާންޑަރުންނާއި، އާންމު ރައްޔިތުން ހިމެނޭ ގޮތަށް އެތައް ބަޔަކު މަރުވެފައިވެއެވެ. ތެހެރާނުން ވަނީ ބަދަލު ހިފުމަށް ވައުދުވެ، ދުނިޔެއިން އީރާނުގެ ފިޔަވަޅަށް އިންތިޒާރު ކުރުމަށް އެދިފައެވެ. މި އުދުވާނާ ގުޅޭ އެންމެ މުހިންމު 10 ސުވާލަށް އީރާންގެ މީޑިއާއިން ދީފައިވާ ޖަވާބު:

  1. ހަމަލާތައް އަމާޒުކޮށްފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކަށާއި އާންމުންގެ ތަންތަނަށް ހެއްޔެވެ؟

ރިޕޯޓްތަކާއި ތަސްވީރުތަކުން ކަށަވަރުވާ ގޮތުގައި ތެހެރާނުގައި އާންމުން ދިރިއުޅޭ އެތައް އެޕާޓްމަންޓް އެކުވެންޏަކަށާއި އަސްކަރީ ނޫން އިމާރާތްތަކަށް އުދުވާނީ ހަމަލަ އަމާޒުކޮށްފައި ވެއެވެ.

  1. ހަމަލާތަކުގައި އާންމުން މަރުވެފައިވޭތޯ ނުވަތަ ޒަޚަމްވެފައިވޭތޯ؟

ރަސްމީކޮށް ގެއްލުން ލިބުނު މީހުންގެ އަދަދު އަދި ހާމަކޮށްފައެއް ނުވި ނަމަވެސް 90 އެތައް މީހަކު ޝަހީދުވެ ނުވަތަ ޒަޚަމްވެފައިވެއެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ.

  1. މި ހަމަލާގައި މަރުވީ އީރާނުގެ ކޮން ނިއުކްލިއަރ ސައިންސްވެރިންނެއް ހެއްޔެވެ؟

ސަރުކާރުގެ މަސްދަރުތަކުން ބުނާ ގޮތުގައި މަދުވެގެން ނިއުކްލިއާ ސައިންސްވެރިން ގެ 6 މީހުން ޝަހީދުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އަބްދުލްހަމީދު މިނޯޝެހްރު، އަހުމަދުރިޒާ ޒުލްފިގާރީ، ސައީދު އަމީރުހުސެއިން ފެގީ، މުއްތަލިބުޒާދޭ، މުހައްމަދު މެހްދީ ތެހެރާންޗީ، އަދި ފެރެއިދޫން އައްބާސީ ހިމެނެ އެވެ.

  1. އިޒްރޭލުގެ ހަމަލާގެ ވާހަކަ އެމެރިކާއަށް ކުރިން އެނގިފައިވޭތޯ؟

ޓްރަމްޕްގެ އަމިއްލަ ބަހުން ދެހަވާ ގޮތުގައި ހަމަލާގެ މައުލޫމާތު ކުރިން ޓްރަމްޕަށް ލިބި އޭނާ އެކަމަށް ރުހުން ދީފައި ވެއެވެ.

  1. އިޒްރޭލުގެ ހަމަލާގައި އެމެރިކާ ބައިވެރިވިތޯ ނުވަތަ އެހީތެރިވެދިނީތޯ؟

އެމެރިކާއިން އިޒްރޭލަށް އެއްބާރުލުން ދޭ ކަމަށް ރަސްމީކޮށް އެއްބަސް ނުވި ނަމަވެސް، އުދުވާނީ ހަމާލާގެ 24 ގަޑިއިރު ކުރިން އީރާން ކައިރީގައި އެމެރިކާގެ ތެޔޮ ބޯޓުތަކެއް ހަރަކާތްތެރިވެފައިޥާ ކަމަށާއި އެކަމަކީ އެމެރިކާ އާއި އިޒްރޭލުން މިހަމަލާ ވިލަރެސް ކުރުން ކަމަށް ބުނާ ނުރަސްމީ ރިޕޯޓްތައް އީރާނަށް ލިބިފައި އެބަހުއްޓެވެ.

  1. ހަމަލާތަކުގައި ޝަހީދުވީ ކޮން އީރާނުގެ އަސްކަރީ ލީޑަރުންނެއް ހެއްޔެވެ؟

މިހާތަނަށް އީރާނުން ވަނީ މޭޖަރ ޖެނެރަލް މުހައްމަދު ބާގިރީ (އީރާނުގެ ސިފައިންގެ ޗީފް އޮފް ސްޓާފް) އާއި މޭޖަރ ޖެނެރަލް ހުސެއިން ސަލާމީ (އިންގިލާސީފައިންގެ އައިއާރުޖީސީގެ ކޮމާންޑަރު) އަދި މޭޖަރ ޖެނެރަލް ޣުލަމާލީ ރަޝީދު (ޚަތަމުލް އަންބިޔާ ސިފައިންގެ މައި މަރުކަޒުގެ ކޮމާންޑަރު) ޝަހީދުވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

  1. އިޒްރޭލާ ދެކޮޅަށް އީރާނުން ބަދަލު ހިފާނެ ހެއްޔެވެ؟

ހުރިހާ ހެކިތަކެއް ދައްކާ ގޮތުން އީރާނުން ވަރުގަދައަށް އިޒްރޭލާ ދެކޮޅަށް ބަްދަލު ހިފާނެއެވެ. އީރާނަކީ މިއަށް ވުރެން މާބަލިކޮށް އޮތް އިރުވެސް އިރާގާ ދެކޮޅަށާއި އަވަށްޓެރި ސުންނީ ހުރިހައި ގައުމަކާ ދެކޮޅަށް 8 އަހަރު ވަންދެން ހަނގުރާމަ ކޮށް ސާބިތުކަމާއެކު އެ ހަނގުރާމައިން ނިކުތް ގައުމެވެ. އީރާންގެ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އިންޒާރު ދެއްވީ "ޒަޔަނިސްޓް ވެރިކަމުން އުންމީދު ކުރަން ޖެހޭނީ ހަރުކަށި އަދަބަކަށް. އީރާނުގެ ސިފައިންގެ ބާރުގަދަ އަތުން ޒަޔަނިސްޓު ޔަހޫދީންނަށް އަދަބު ނުދޭނެ ކަމަށް ބަލައިގެން ނުވާނެ. އެމީހުން ވަނީ އަމިއްލަ ނަސީބުގައި ސިއްކަ ޖަހާފަ އަދި އޭގެ އަގު ދައްކަން ޖެހޭނެ" ކަމަށް ވިދާޅުވިއެވެ.

  1. މި ހަމަލާގެ ސަބަބުން އެމެރިކާއާއެކު އީރާނުން ކުރާ ނިއުކްލިއާ މަޝްވަރާތަކަށް އަސަރުކުރާނީ ކިހިނެއް ހެއްޔެވެ؟

ހަމަލާ ދިންތާ މާގިނަ އިރުތަކެއް ނުވެ ޓްރަމްޕް ވަނީ އީރާނަށް އަލުން މަޝްވަރާތަކަށް އައުމަށް އިލްތިމާސް ކޮށްފައެވެ. މިކަމާ ގުޅޭ ގޮތުން އީރާނުން އަދި ރަސްމީ ޖަވާބެއް ދީފައި ނުވި ނަމަވެސް އީރާނުން ދެކެނީ އިސްލާމީ ގައުމަކަށްވީތީ އީރާނަށް ލިބިގެންވާ ނިއުކްލިއަރ ފައްކާ ކުރުމުގެ ސިޔާދަތީ ބާރު ޓްރަމްޕަށްވެސް އަދި އެހެން މީހަކަށްވެސް ނިގުޅައި ނުގަނެވޭނެ ކަމަށެވެ. އެމެރިކާއާ ނުލައި ނިއުކްލިއަރ ގެ މަގުން ހިނގި ހަމައެކަނި އިސްލާމީ ގައުމު ޕާކިސްތާނަށް ނޫނީ ނިއުކްލިއަރ ހަތިޔާރު އުފެއްދިފައެއް ނުވެއެވެ. އަރަބިން އެމެރިކާގެ އަވައިގައި ޖެހުމުން އަމިއްލަ ދިފާއަށް އެއްވސް އެއްޗެއް އުފެއްދިފައެއް ނުވެއެވެ. އީރާނުން ވަނީ 6 ބުރަށް މަޝްވަރާތައް ބާއްވާފައެވެ. އެކަމކު އެކަން ކާމިޔާބު ވެފައި ނުވަނީ އެމެރިކާއާ ހެދިއެވެ.

  1. ހަމަލާގައި އިޒްރޭލުން ބޭނުންކުރީ ކޮން ހަތިޔާރުތަކެއް ހެއްޔެވެ؟

ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރޭލުން މުހިންމު ގޮތެއްގައި މިސައިލްތައް ފޮނުވާލީ އެމެރިކާއިން ދީފައިވާ އެފް-35 ސްޓެލްތު ޖެޓްތަކުންނެވެ. އަދި ޑްރޯން ތަކެއްވެސް އަމާޒަށް ހަމަލަ ދިނުމަށް ބޭނުންކޮށްފައިވެ އެވެ.

  1. އީރާނުގެ ކޮން ހިސާބުތަކަށް އަމާޒު ހިފާފައިވަނީ؟

ހަމަލާތައް ދީފައިވަނީ ތެހެރާން، ތަބްރީޒް، އިސްފާހާން، ހަމީދާން، އަހުވާޒް، ޚުއްރަމްއާބާދު، ކަރްމަންޝާހް، އަދި ޤަޞްރު ޝިރީން އަށެވެ.

އީރާންގެ ޑްރޯން ހަމަލަ އިޒްރޭލަށް

ހިއްސާ ކުރައްވާ!