ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް ސައޫދީންނާއި ފްރާންސުން ބޭއްވުމަށް ހަމަޖައްސާފައިވާ ކޮންފަރެންސް އެމެރިކާގެ ފިއްތުމ ހެދި ނުބާއްވާ ގޮތަށް ނިންމައިފިއެވެ. މި ކޮންފަރެސް ބޭއްވުމަށް ހަމަޖެހިފައި އޮތީ ނިއުޔޯކުގައެވެ. މި ކޮންފަރެންސް ކެންސަލް ކުރުމާއި އިޒްރޭލަށް އީރާނަށް ދިން ހަމަލާއާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަންވެސް ސަބަބެއްކަމަށް ބުނެއެވެ.
މި ބައްދަލު ވުން ބެއްވުމަށް ހަމަޖެހިފައި އޮތީ ޖޫން 17 އާއި 20 އާ ދެމެދު އެވެ. ނަމަވެސް އެމެރިކާއިން ވަނީ މި ބައްދަލުވުމުގައި ބައިވެރިވާ ގައުމުތައް ފާހަގަކޮށް އެފަރާތްތަކާ މެދު ސިޔާސީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ދީފައެވެ. އަދި އެކޮންފަރެންސަށް ދާން އުޅުނު ގައުމުތަކަށް ޑިޕްލޮމެޓިކް ނޯޓެއް ފޮނުވައި އޭގައި ބައިވެރި ނުވާންވެސް އަންގާފައި ވެއެވެ.
މިކޮންފަރެންސަކީ، ފަލަސްތީނުގެ މުސްތަގުބަލާ ބެހޭ ގޮތުން މަޝްވަރާކޮށް ޣައްޒާގައި ހިނގި ނަސްލު ނައްތާލުމުގެ ނިމުމަކަށް ގެނަސް، ދެ ދައުލަތުގެ ހައްލަށް އައުމަށް މަގުޗާޓެއް އެކުލަވާލުމަށް ބއްވަން އުޅުނު ކޮންފަރެންސެކެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރަކީ އިޒްރޭލާއި ފަލަސްޠީނުގެ މައްސަލާގައި ކުރީގެ އެއްބަސްވުންތަކަށް ބޯލަނބާ ނުލާ ގައުމެކެވެ. އަދި ފަލަސްޠީނުގެ ދައުލަތް އުފެއްދުމަށް ފުރުސަތެއް ދިނުމަށް، އަރަބިންއ ޓްރިލިއަން ޑޮލަރުގެ ވިޔަފާރި ދިން ޓްރަމްޕްގެ ނިޔަތަކު ނެތެވެ.
ރިޔާޒުގައި ހުންނަ ހުޅަނގުގެ ޑިޕްލޮމެޓިކް މަސްދަރަކުން ބުނީ ކޮންފަރެންސް ނު ބާއްވާނެ ކަމަށާއި ފަހަރެއްގައި އެއީ، އިޒްރޭލުގެ ހަމަލާތަކާ ހެދި ކަމަށްވެސް ވެދާނެ ކަމަށެވެ. ސަރަހައްދުގެ އެހެން ބައެއް ފަރާތްތަކުން ބުނަނީ މިކޮންފަރެންސް ބާއްވަން ބޭނުން ނުވަނީ ކަމަށެވެ.






