އީރާނުން ބުނީ މިރޭގެ ހަމަލ އަސްކަރީ މަޒރުކަޒުތަކަށާއި އަސްކަރީ ސިނާއީ މަރުކަޒުތަކަށާއި ވައިގެ ދިފާއީ މަރުކަޒުތަކަށް އަމާޒުކޮށްފައިވާ ކަމަށް
ޓްރަމްޕް މުހައްމަދު ބިންސަލްމާނާވެސް ފޯނުން ވާހަކަ ދައްކައިފި
އީރާނުގެ ހަމަލަ އަމާޒުވި ބިލްޑިންގ ވެއްޓިދާނެ ކަމުގެ އިންޒާރު އިޒްރޭލު ފުލުހުން ދީފި
'———————-
ޕޫޓިން ދެގައުމުގެ ވެރިންނާ ފޯނުން ވާހަކަ ދައްކަވައިފި
ފަލަސްޠީނު މީހުން ބަނޑަށް ޖައްސާފައި ވަނިކޮށް ޓްރަމްޕަށް މިލިއަން ޑޮލަރުގެ މަތިންދާބޯޓު ހަދިޔާ ކުރި ޤަތަރުގެ އަމީރަށް ދެންމެ ޓްރަމްޕް ފޯނުން ގުޅައި ވާހަކަ ދައްކައިފި.
ޤަތަރަކީ އެމެރިކާ ސިފައިންގެ އަސްކަރީ ވައިގެ މަރުކަޒެއް ހުިންނަ ގައުމެއް.
އީރާންގެ ނިއުކްލިއަރ މައްސަލާގައި އެންމެ ބޮޑަށް ފަސާދަކޮށް ފިތުނަ އުފެއްދި މީހަކީ އިންޓަރނޭޝަނަލް އެނެޖީ އެޖެންސީގެ ރައީސް ރާފާއެލް ގްރޯސީ. އޭނާ އަކީ އެމެރިކާގެ އެޖެންޓެއް. ގްރޮސީ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަމުން ދެންމެ ބުނީ އީރާންގެ ނިއުކްިއަރ މަރުކަޒުތަކަށް އިޒްރޭލުން ހަމަލަ ދިނުމުން އެތަންތަން ތަގައްޔަރު ވެފައިވާ ކަމަށް'
އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލަ ދިނީ އޭނާ އަޑީގައި އޮވެގެން ކައްކައިދިން ރިޕޯޓަކުން.
އަނބިމީހާ އަތުން ކަންކަށީގައި ތަފާއްޔެއް ލިބިގަތް މެކްރޮން ރައީސް ނޫސްކޮންފަރެންސްގައި ވިދާޅުވަނީ: އިޒްރޭލު ދިފައު ކުރުމަށް ފްރާންސުން މަސައްކަތް ކޮށްދޭނެ ކަމަށް. ފްރާންސުން އިޒްރޭލަށް މަދަދު ދޭނީ ޝަރުތަކާއި ނުލައި ވަކި ހައްދެއް ނެތް މިންވަރަށް.
އައްބާސް އަރާގްޗީ: ހުޅަނގުގެ ގައުމުތަކުން އީރާނަށް އަމިއްލަ ނަފްސްކޮންޓްރޯލުކޮށް ހަމަލައެއް ނުދިނުމަށް ބުނާ ވާހަކައަށް އީރާނުން ދެކޮޅު ހަދައި އިންކާރު ކުރަމު
އިޒްރޭލު ޔަހޯމް: އީރާނުގެ ހަމަލައިން 34 މީހުން ހަސްފަތާލަށް ގެންގޮސްފި
އިޒްރޭލު އެއާޕޯޓްތައް މުއްދަތެއް ނެތް ގޮތަށް ބަންދު \ އީރާން އެއާޕޯޓްތައް މާދަމާ 2 ޖެހުމާ ހަމައަށް ( މާލޭ ގަޑިން ހަވީރު 3.30)އާ ހަމައަށް ބަންދު ކޮށްފައ ބާއްވާނެ
ޓްރަމްޕް ނަތަންޔާހޫ ފޯނުން ވާހަކަ ދައްކައިފި
މިއީ އިޒްރޭލުގެ އުދުވާނުގެ ތެރޭގައި ދެ މީހުން ވާހަކަ ދައްކާ ދެވަނަ ފަހަރު
ދެން ހަމަލައެއް ދީފިނަމަ އިޒްރޭލުގެ އިގްތިސާދީ ދާއިރާއަށާއި އިންފްރާސްޓްރަކްޗާއަށް އަމާޒު ކުރާނަން: އީރާން
އިޒްރޭލުގައި އެމެރިކާ މީހުންނާއި އެތަކެއް ވަސީލަތްތަކެއް އެބަހުރި. އެތަންތަން ސަލާމަތް ކުރުމަށް މަސއްކަތް ކުރަން ޖެހޭނެ: ފޮކްސް ނިއުސްގައި އެމެރިކާ މަސްއޫލުވެރިއެއް
އީރާނުން 9 ސަރަހައްދަކަށް ހަމަލަ ދިން؛ ބައެއް ތަންތާގައި މީހުން ތާށިވެފައި އެބަ ތިބި. އެތަންތަނަށް ގޮސް މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން ދަނީ: އިޒްރޭލު
ހަމަލަ ދިނުމުގައި އިނގިރޭސިންވެސް ބައިވެރިވޭ. އިނގިރޭސިން ވަނީ ހަމަލަ ދޭ ފްލައިޓްތައް ސައިޕްރަސްގައި އެމީހުންގެ ބޭސްގައި ފޮރުވައދީފަ: އދގައި ރަޝިޔާ ސަފީރު
ސަލާމަތީ މަޖިލީހުގައި ރަޝިޔާ މަންދޫބު: ސަހަރައްދުގެ ހަމަނުޖެހުމަށް އެމެރިކާއިން ޒިންމާވާން ޖެހޭނެ
އިޒްރޭލުން ހަމަލަ ދިނީ ނިއުކްލިއަރ މަސްޝަރާތައް ހުއްޓުވުމަށްޓަކައި: ރަޝިޔާ ސަފީރު
އަނބިމީހާ އަތުން ކަންކަށީގައި ތަފާއްޔެއް ލިބިގަތް މެކްރޮން ރައީސް ވިދާޅުވަނީ: ސަރަހައްދު ނުތަނަވަސް ކަމެއްގެ ތެރެއަށް ވައްޓާލުމުގެ ޒިންމާ އީރާނުން ނަގަން ޖެހޭނެކަމަށް

ޓެލްއަވީވްގައި
އީރާނުން އިޒްރޭލަށް ހަމަލަ ދޭއިރު:

އީރާނުން އިޒްރޭލަށް ދިން ހަމަލައިން ސާބިތު ވަނީ އީރާނުން ހަމަލައަށް ތައްޔާރުވެފައި ތިބި މިންވަރު: މުހައްލިލުން
އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ: ޔޫކޭ އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރުންނާ ފޯނުން ވާހަކަ ދައްކައި އަދާހަމަ ކޮށްދެއްވައިފި
އިޒްރޭލު އެމްބިއުލާންސް: 21 މީހުން ހަސްފަތާލަށ ްގެންގޮސްފިން
ނަތަންޔާހޫ އެކްސްގައި އީރާނަށް އިންޒާރު ދެމުން އަދިުވެސް ވަރުގަދަ ހަމަލަތަކެއް އީރާނަށް ދޭނަން
ނަތަންޔާހުއާއި ކެބިނެޓްގެ މެމްބަރުން ތިބީ ހިފާފައިޥާ ގުދުސްގެ ބިންގަރާހެއްގައި
ސަލާމަތީ މަޖހިލީހުން ބައްދަލު ވުން ބާއްވަން ފަށައިފި
އީރާނުން ހަމަލަތައް އަމާޒު ކުރަން ފަސޭހަވާނެތީ މިސައިލް ވެއްޓޭ ތަންތަން ނުދެއްކުމަށް އިޒްރޭލު ޓީވީސްޓޭޝަންތަކަށް އަންގަމުން ދަނީ
އިޒްރޭލުގެ ޗެނަލް13: ކުރިން ނުފެންނ ފަދަ ވަރުގަދަ ހަމަލައެއް | ބޮޑެތި ގެއްލުންތަކެއް ޓެލްއަވީވަށް ދީފި
އިުޒްރޭލުގެ މައާރީފް ނޫން: މުޅި ތެލްއަވީވްއާއި ޝެރޯން ސިޓީއަށް ހަމަލަތައް އަމާޒުވި

އިޒްރޭލުގެ ސަރަހައްދުތަކުން ސައިރެންގެ އަޑު ކެނޑިގެން ނުދޭ
އިޒްރޭލުގެ ހުރިހާ ސަރަހައްދަކަށްވެސް އީރާނުގެ ހަމަލާތަކެއް ލިބެމުންދާ ކަމަށް ޔަހޫދީން ބުނޭ
އީރާނުން ފޮނުވީ 300 ރޮކެޓް
އިސްރާއީލުގެ ޗެނަލް 12 އިން ބުނާ ގޮތުގައި މަދުވެގެން ނުވަ ސަރަހައްދަށް ރޮކެޓް ވެްޓުނު
އީރާނުގެ މިސައިލްތަކުގެ ސަބަބުން އެތައް ސަރަހައްދަކުން ކަރަންޓް ކެނޑުނު ކަމަށް އިޒްރޭލުގެ ޗެނަލް 12 ބުނޭ
އެމެރިކާއިން އީޒްރޭލަށް އެހީވާ ކަމަށް އެކްސިއޯސް އިން ޔަގީން ކޮށްދޭ
އީރާނުގެ ހަމަލާގެ ތަފްސީލުތައް ފޮރުވަން އިސްރާއީލު ސިފައިން މަސައްކަތް ކުރާ ކަމަށް ތުހުމަތތު ކުރެވޭ.
އެއްވެސް މަންޒަރެއް ޝާއިއު ނުކުރުމަށް ނުވަތަ ހިއްސާ ނުކުރުމަށް އަންގާއިފި.
އިސްރާއީލުގެ ދިފާއީ ސިސްޓަމްތަކުން މިސައިލް ވައްޓާނުލުމުން މިސައިލްތައް ވެއްޓި ސީދާ ތަންތަން ނުދައްކަން އަންގައިފި.
——————–
މިރޭ އީރާނުން ޓެލްއަވީވަށް ހަމަލަ ދެނީ

10 ބިލްޑިންގަށް ވުރެން ގިނަ ބިލްޑިންގާއި އެތައް އުޅަނދެއް އީރާނުގެ ހަމަލާގައި ހަލާކުވެއްޖެ: އިޒްރޭލު ޗެނަލް 12
އިޒްރޭލު އެއާޕޯޓު އެއްކޮށް ހުސްކޮށްފި. ބޯޓުތައް ފޮރުވައިފި

އިޒްރޭލު މީޑިއާ: އީރާނުން 150އާއި 200 މިސައިލުން ހަމަލަ ދީފި
އިޒްރޭލު ޑިފެންސް މިނިސްޓަރު ޔަގީން ކޮށްދީފި އެޕާޓްމަންތްތަކަށް ހަމަލަ ދިން ކަމަށް
ނަތަންޔާހޫ އިރުކޮޅަކުން މީޓިންއެއް ބާއްވާނެ.
އެމެރިކަ ސިފައިންވެސް އިޒްރޭލާ ގުޅިގެން ހަމަލަތަކުން އިޒްރޭލު ދިފާއު ކުރުމަށް މަސައްކަތް ކުރޭ
ގުދުސްގައި ވެސް ހަމަލަތަކެއް ދީފި
ހާރެޓްޒް ނޫހުން ބުނަނީ އީރާންގެ ހަމަލައިން އެތައް ބަޔަކަށް އަނިޔާ ވެއްޖެ ކަމަށް
އިޒްރޭލު މީހުންނަށް އަމާން އެއްވެސް ތަނެއް ނޯންނާނެކަމަށް އީރާނުން ބުނޭ
ތްރަމްޕް ދަނީ ވައިޓްހައުސްގެ ސިޗުއޭޝަން ރޫމުގައ އިނދެގެން މަންޒަރު ބަލަމުންނެވެ. އޭނާ ދަނީ ތަޖުރިބާކާރުންނާ މަޝްވަރާތައް ބާއްވަމުންނެވެ.
އިޒްރޭލުގައި އީރާނުން ދިން ހަމަލަ ދިނީ ޒަމާނީ އެޕާޓްމެންޓް ބްލޮކަކަށް.
އީރާނުން ބުނަނީ މިލިޓަރީ ސައިޓްތަކަށްވެސ ްހަމަލަ ދެމުންދާ ކަމަށް
އަންހެން

ޕައިލެޓަކު ހައްޔަރު ކުރި ވާހަކަ އިޒްރޭލުން ގޮދު ކުރޭ





