އެމެރިކާ ބައިވެރިވާ ކޮންމެ އުދުވާނީ ހަމަލައަކާ ދިމާކޮށް ވޮޝިންޓަނުގައި ޕިއްޒާ ޑެލިވަރީ އިތުރު ވަނީ ކިއްވެ؟

އެމެރިކާގެ ދިފާއީ ވުޒާރާއާ ކައިރީ ސަރަހައްދުގައި ޕިއްޒާ ޑެލިވަރީ ކުރާ ކުންފުނިން ބުނަނީ އީރާނުން އިޒްރޭލަށް ހަމަލަ ދިނުމުގެ އެއް ގަޑިއިރު ކުރިން ދުނިޔޭގައި ކޮންމެވެސް ބޮޑު ކަމެއް ހިނގަން އުޅޭ ކަމުގެ އިހުސާސް އެމީހުންނަށް ވި ކަމަށެވެ. އެމެރިކާ ދިފާއީ ވުޒާރާ ހުންނަ އެކުވެނީގައިވެސް ރެސްޓޯރެންޓްތަކާއި ކާނާ ވިއްކާ ތަންތަން ހުރެއެވެ. ނަމަވެސް ޕިއްޒާ ވިއްކާ ތަނެއް ނުހުރެއެވެ.

އެހެންވެ، އެމެރިކާއިން ބައިވެރިވާ އުދުވާނީ ހަމަލައެއް ދުނޔޭގެ އެއްވެސް ތަނެއްގައި ހިނގާނަމަ ދިފާއީ ވުޒާރާ ޕެންޓަގަންއާ ކައިރީގައި ހުންނަ ޕިއްޒާ ވިއްކާ ތަންތަނަށް ބާރު ބޮޑު ވެއެވެ.

އީރާނަށް ޔަހޫދީ ޒަޔަނިސްޓުން ދިން ޓެރަރިސްޓް ހަމަލާގެ އެއްގަޑިއިރު ކުރިން އާދަޔާ ޚިލާފަށް ޕިއްޒާ އޯޑަރުތައް އިތުރު ވެގެން ދިޔައެވެ.

އަދި ޕިއްޒާ ޑެލިވަރީގައި އުޅޭ މީހުން ބުނަނީ އެމީހުންގެ ތަޖުރިބާއިން ބޮޑުކަމެއް ހިނގާތޯ ބަލާ އެހެން މިންގަނޑެއް ވެސް ވެއެވެ. އެއީ ޕެންޓަގަންއާ ކައިރި ހިސާބެއްގައި ހުންނަ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ބާރެއް ހުންނާނެއެވެ. މިތަނަށް ޕެންޓަގަން ގައި އުޅޭ މީހުން އިރާކޮޅު ރާ ބޯން ގޮސް ގިނަ އަދަދަކަށް ތިބޭނެއެވެ. ނަމަވެސް ބޮޑު ކަމެއް ހިނގަން އުޅޭ ދުވަހެއްގައި އެތަން ހުންނާނީ ފަޅަށެވެ. އީރާނަށް ޔަހުދީން ޓެރަރިސްޓް ހަމަލަ ދިން ދުވަހުވެސް އެމީހުންގެ ޝައްކުތައް ޔަގީނަށް ބަދަލު ވީ އެތަން ބަލާލުމުންނެވެ.

ޕިއްޒާ އޯޑަރަށް ބަލައިގެން ބޮޑެތި ކަންކަން ލަފާ ކުރުމަށް މިމީހުން ކިޔައި އުޅެނީ "ޕިއްޒާ ރިޕޯޓް" ނޫނީ ޕިއްޒާ ތިއަރީ އެވެ.

2024ގައި ޔަހޫދީން އީރާނަށް ދިން ޓެރަރިސްޓް ހަމަލާގެ އެއް ގަޑިއިރު ކުރިން ޕިއްޒާ އޯޑަރުތަކަށް ބާރު ބޮޑުވިއެވެ. އަދި 1989 ގައި އެމރިކާ ސިފައިން ޕެނަމާގެ ރައީސް ވަގަށް ނެގިއިރުވެސް ކަން ހިނގައި ދިޔައީ އެގޮތަށެވެ. އެއަށްފަހު 1991ގައި ސައްދާމު ހުސައިނާ ދެކޮޅަށް އެމެރިކާއިން ދިން އުދުވާނީ ޓެރަރިސްޓް ހަމަލާގައިވެސް ކަން ހިނގައި ދިޔައީ އެހެން ކަމަށް އެމީހުން ބުނެއެވެ.

ހިއްސާ ކުރައްވާ!