ފްރާންސްގެ ރައިސް މެކްރޮން ވިދާޅުވަނީ ހަމަލަތައް ހުއްޓުވުމަށް ޓްރަމްޕް ހުށަހެޅުމެއް ހުށަހަޅުއްވާފައިވާ ކަމަށެވެ. ކެނެޑާގައި ޖީ7 ސަމިޓްގެ ހަވާސާގައި ވާހަކަ ދައްކަވަމުން އޭނާ ތަފްސީލެއް ނުދެއްވައެވެ.
ޓްރަމްޕް ވަނީ އީރާނަށް ނިއުކްލިއަރ ހަތިޔާރެއް ނުގެންގުޅެވޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އަދި އޭނާ ވަނީ ތެހެރާންގެ 10 މިލިއަން މީހުން ތެރެރާން ހުސް ކުރުމަށްވެސް އަންގާފައެވެ.
މިއީ އިންސާނީ ތާރީޚުގައި ކަމަކާ ނުލައި މީސްމީޑިއާގެ ޕޯސްޓަކުން 10 މިލިއަން މީހުންގެ އާބާދީއެއް ހުސްކުރުމަށް މީހަކު އެންގި ފުރަތަމަ ފަހަރެވެ.
ޓްރަމްޕް ވަނީ ވައިތްހައުސްއަށް މިސްރާބް ޖަހާފައެވެ. އަދި ވައިތްހައުސްގައި ހަނގުރާމައިގެ ކަންކަން ވިލަރެސްކުރާ ސިޗުއޭޝަން ރޫމް ތައްޔާރު ކުރުމަށްވެސް އޭނާ ވަނި އަންގާފައެވެ.
މީގެ ކުރިން ހޯމަ ދުވަހު އިޒްރޭލުގެ ސިފައިން ވެސް ވަނީ ތެހެރާނުގެ މެދުތެރޭގައި 330،000 އަށް ވުރެ ގިނަ މީހުން އުޅޭ ސަރަހައްދު ހުސްކުރުމަށް އިންޒާރު ދީފައެވެ.





