ޣައްޒާއަށް ވަނުމަށް މިސްރަށް އެތެރެވި މީހުންނާ ދިމާކުރަން މިސްރު ސަރުކާރުން ފޮނުވީ ގޭންގްތައް

ގައްޒާއަށް ވަންނަން ވެގެން މިސްރަށް ދިޔަ ބައިނަލްއަގްވާމީ ގާފިލާގައި ހިމެނޭ މީހުންނާ އިސްމާއީލިއްޔާ ސިޓީން ދިމާކޮށް ހުރަސް އެޅުމަށް މިސްރުގެ ޖާސޫސީ އިދާރާއިން ފޮނުވީ ގޭންގްތަކުގެ މީހުންނެވެ.

މިހާރު މިސްރު ސަރުކާރުން ވަނީ ސީނާގެ ޢަރީޝް ސަރަހައްދަށް ދާން ބޭނުންވާ މީހުން ދުރާލައި ހުއްދައެއް ނަގަން ޖެހޭނެ ކަމަށް ބުނެފައވެ.

ފޮޓޯގައި މިފެންނަނީ މިސްރު ސަރުކާރުން ބައިނަލއަގްވާމީ ގާފިލާގެ މީހުންގެ ޕާސްޕޯޓްތައް އަތުލައި އެތަކެތި ބިންމައްޗަށް އުކާލާފައިވާ މަންޒަރެވެ.

އިޒްރޭލުން މިސްރަށް އަންގާފައި ވަނީ އެމީހުން ރަފަހަ ކްރޮސިން އާދިމާއަށް އަޔަ ނުދިނުމަށެވެ.

މިސްރުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިމީހުން ސިފަ ކޮށްފައި ވަނީ އިސްލާމިކް ބްރަދަރހުޑްއަށް ސަޕޯޓު ކުރ ާބައެއްގެ ގޮތުގައެވެ. ބްދަރހުޑްއަކީ މިސްރުގެ ސިޔާސީ ވެރިންނަށް ނަފްސާނީ ހލަތެއް މެދުވެރި ކޮށްލާ އިސްލާމީ ސިޔާސީ ހަރަކާތެކެވެ. ނަމ،ަވެސް މި ގާފިލާގައި ފަލަސްޠީނަށް ހެޔޮ އެދޭ މުސްލިމު ނޫން ފުރައްދެ ކާފަރުންވެސް ހިމެނެއެވެ. އެކަމަކުވެސް މިސްރު ސަރުކާރުން އެމީހުންނަކީ ބްދަރހުޑް ބައެއް ކަމަށް ބުނެފައި ވެއެވެ.

ކުރީގެ ސަފީރު ފައުޒީ އަޝްމާވީ ވިދާޅުވަނީ މިއީ ސިސީ ސަރުކާރުން ދައްކާ ތާކުންތާކު ނުޖެހޭ ވާހަކަތައް ކަމަށެވެ. އިންސާނީ ހައްގަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ފަރާތްތަކުންވެސް ވަނީ ސިސީގެ ނިޒާމުގެ އަމަލުތައް ކުށްވެރިކޮށްފައެވެ.

މިމީހުން މިސްރަށް ގޮސްފައި ވަނީ އެމީހުންގެ ގައުމުތަކުގެ ހުރި މިސްރުގެ އެމްބަސީތަކުން ވިސާ ނަގައިގެންނެވެ.

ތޫނުސްއާއި އަލްޖަޒާއިރުން ފުރައިގެން ލީބިޔާއަށް އައި ގާފިލާ ވަނީ ލީބިޔާގެ ސިރުތުގައި މަޑުކުރުމަށްފަހު މިސްރަށް ވަނުމަށް ސީސީ ހުއްދަ ނުދިނުމުން އަނބުރައި ތޫނުސްއަށް މިސްރާބު ޖަހާފައެވެ.

ހިއްސާ ކުރައްވާ!