ޔަހޫދީ ސަފީރު ބޭރުކުރުމަށް އެދޭ ޕެޓިޝަނަލަށް ދެ ލައްކަ ސޮއި

އިނގިރޭސިވިލާތުގައި ހުންނަ  ޔަހޫދީންގެ ސަފީރު ވަކިކުރުމަށް ގޮވާލާ ޕެޓިޝަނަށް ގާތްގަނޑަކަށް 200،000 މީހުންގެ ސޮއި ވަނީ ލިބިފައެވެ. ސަފީރު ޓްޒިޕީ ހޮޓޯވެލީ ނުލަފާ އަންހެނެކެވެ. އޭނާ އަކީ ނަސްލު ސާފު ކުރުމާއި ހަނގުރާމައިގެ ޖަރީމާތައް ހިންގައި އަދި ކުރިން އެކަމަށް ހިތްވަރު ދިނުމަށްފަހު އެމްބެސެޑަރުކަމުގެ މަގާމާ ހަވާލު ވެފައިވާ މީހެކެވެ.

1948ގައި ފަލަސްޠީނުގެ ނައްލު ނައްތާލައި ފެންވަޅުތަކަށް ކޮކަޑި އަޅައި ފަލަސްޠީނު މީހުން ބޭރުކޮށްލު ހަނގުރާމައަށްވެސް މި ޔަހޫދީ ކަލޭގެ އިންކާރު ކުރެއެވެ. މީނާއަކީ އިންޓަރވިއުތަކަށް އަރާ މީނާއާ ދެކޮޅުވެރިންނަށް ހަމަލަދީ ހުތުރުބަސްމަގެއް ގެންގުޅޭ އަންހެނެކެވެ.

މިއަންހެން މީހާ ޔޫކޭއިން ބޭރުކުރުމަށް ޕެޓިޝަންގައި ސޮއިކުރަން ފެށީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެވެ.

ހިއްސާ ކުރައްވާ!