އީރާނަށް ހަމަލަ ދޭން ޓްރަމްޕް ނިންމައިފި

އީރާނަށް ހަމަލަ ދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސް މުޝީރުން ހުށަހެޅި ޕްލޭނަށް ޓްރަމްޕް ވަނީ ރުހުއް ދެއްވާފައި ކަމަށް އެކަން އެނގޭ ފަރާތްތަކުން ބުނެއެވެ. ނަމަވެސް އީރާނުން އެމީހުންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ތައްޔާރަށް ތިބިތޯ ބަލަން އިންތިޒާރު ކުރާ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

މި ހަމަލާގެ ޕްލޭން ފާސްކުރުމުގެ ޚަބަރު އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ވޯލް ސްޓްރީޓް ޖާނަލް އިންނެވެ. އެމެރިކާގެ ބައިވެރިވުމާ ގުޅޭ ގޮތުން ޓްރަމްޕް އެންމެ ފަހުގެ ނިންމުމެއް ނިންމާފައި ވިއަސް އަދި އެކަން ތަންފީޒު ކުރާނެ ގޮތެއް ނިންމާފައެއް ނުވެއެވެ. ޓްރަމްޕް ވަނީ މިދިޔަ 24 ގަޑިއިރު ތެރޭ އެކި ގޮތްގޮތަށް ވާހަކަ ދައްކައި އޮޅުވާލުމަށް މަސައްކަތް ކޮށްފައެވެ.

ރައީސް ޓްރަމްޕް މިއަދު "އަމިއްލައަށް ވިދާޅުވި ފަދައިން ހުރިހާ ގޮތެއް ވެސް މޭޒުމަތީގައި އެބަހުރި،" ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ބުނެފައި ވެއެވެ.

ޖާސޫސީ މައުލޫމާތަށް އަހުލުވެރި މަސްދަރަކުން ބުނެފައި ވަނީ އެމެރިކާއިން ވިސްނަނީ އީރާނުގެ ބިމުގެ އަޑީގައި ހުރި ފޯޑޯ ނިއުކްލިއާ ފައްކާ ކުރާ ފެސިލިޓީ އަށް ހަމަލަ ދޭށެވެ.

އެމެރިކާ ރައީސަށް ހުށަހަޅާފައިވާ ޕްލޭންގައ ވަނީ އެންމެ ތަނަކަށް ހަމަލަ ދިނުމަކަށް ނޫނެވެ. ނަމަވެސް ފޯޑޯ ފެސިލިޓީއަށް ހަމަލަ ދިނުމަށާއި އެމެރިކާގެ ބަންކަރު ގޮއްވާލާ ރޮކެޓް ބޭނުންކޮށްގެން ބިމުގެ 200 ފޫޓު އަޑިއަށް ފޯރާ ވަރުގެ 30،000 ރާތަލުގެ "ބަންކަރ-ބަސްޓާ" ބޮން ތައް ބޭނުން ކުރާށެވެ. މި ބޮންތައް އަޅާނީ އެމެރިކާގެ ބީ-2 ސްޓެލްތު ބޮމަރުތައް ބޭނުންކޮށްގެން ނެވެ.

ހިއްސާ ކުރައްވާ!