ޓްރަމްޕްގެ ސަރުކާރުން ހިޖުރަވެރިންނާ ދެކޮޅަށް ހިންގަމުން ގެންދާ ނޭއްގާނީ އަމަލުތައް ހުއްޓުވުމަށް ރަމްޒެއްގެ ގޮތުގައި ވެފައިޥާ ފަލަސްޠީނުގެ މަހުމުދު ޚަލީލު އޭނާގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ކެއަރ ޖަމުއިއްޔާއިން ބުނެފިއެވެ. ކެއާ ޖަމުއިއްޔާއަކީ އެމެރިކާގެ މުސްލިމުންގެ ހައްގަށް މަސައްކަތް ކުރާ އެންމެ ބޮޑު ޖަމުއިއްޔާއެވެ.
އެ ޖަމުއިއްޔާގެ ރައީސް ނިހާދު ޢަވަޟު ވިދާޅުވީ މަހުމޫދު ޚަލީލު ޓްރަމްޕާއި ދެކޮޅަށް އަޑު އުފުލާނެ ކަމަށެވެ. އަދި ފަލަސްޠީނު މީހުންގެ ހައްގަށް ވާހަކަ ދެއްކުން ހުއްޓާއި ނުލާނެ ކަމަށެވެ.
މަހުމޫދު ޚަލީލު ޓްރަމްޕްގެ އޯޑަރަށް ބަންދުކޮށްފައި ވަނީ ކޯޓުން ވަނީ އޭނާ މިނިވަން ކުރުމަށް ޙުކުމް ކޮށްފައެވެ.
ޓްރަމްޕްގެ ސަރުކާރުން ދަނީ ހުރިހައި ދިމާއަކުން އިންސާނީ ހައްގަށް އަރައި ގަނަންނަމުންނެވެ.





