އީރާނުން ޚައިބަރު މިސައިލް ބޭނުން ކުރަން ފަށައިފި

އީރާނުން އަލަށް ޚައިބަރު މިސައިލް ބޭނުން ކުރަން ފަށައިފިއެވެ. މިސައިލް ބޭނުން ކުރަން ފެށުމާއެކު އިޒްރޭލުގެ މިސައިލަށް އިންޒާރު ދޭ ނިޒާމުވެސް ވަނީ ފޭލިވެފައެވެ. އެމައްސަލަ މިހާ ވަނީ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ޔަހޫދީން ބުނެއެވެ.

ޚައިބަރު މިސައިލުން ޓެލްއަވީވަށް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

މިހާތަނަށް 10 ދުވަސް ތެރޭގައި 10 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އާންމުންނާއި ވިޔަފާރިތަކުން ވަނީ ބަދަލު ހޯދުމަށް ސަރުކާރަށް 35 ހާސް ހުށަހެޅުން ހުޅަހަޅާފައެވެ.

ޣައްޒާ ހަނގުރާމައިގައި ބަދަލު ހޯދުމަށް ޖުމުލަ 70 ހާސް ހުށަހެޅުން ހުށަހަޅާފައިވާއިރު، 10 ދުވަސް ތެރޭގައި އީރާނުން 35 ހާސް ހުށަހެޅުމަށް މަޖުބޫރު ކުރުމުން ގެއްލުމުގެ ބޮޑުމިން އަންދާސާ ކުރެވެއެވެ.

ހިއްސާ ކުރައްވާ!