އީރާނަށް އެމެރިކާއިން ދިން ޓެރަރިސްޓް ހަމަލާއާ މެދު ބުނީ:

އިނގިރޭސިވިލާތް (ފޮރިން ސެކްރެޓަރީ ޑޭވިޑް ލަމީ):

"މި އުނދަގޫ ހާލަތު ނިމުމަކަށް ގެނައުމަށް އީރާނުން ހިފެހެއްޓުމާއި ޑިޕްލޮމެޓިކް ހައްލަކަށް ވާސިލްވާން ޖެހޭ."

އިނގިރޭސިވިލާތް (ބޮޑު ވަޒީރު ކޭއާ ސްޓާމަރ):

"އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ ބައިނަލްއަގްވާމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް. އީރާނުން އެނބުރި މަޝްވަރާގެ މޭޒަށް ދާން ޖެހޭ."

ފްރާންސް (ޚާރިޖީ ވަޒީރު ޖީން ނޯއެލް ބާރޯޓް):

"ފްރާންސް އިން ވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުމާ ދެކޮޅަށް ވާހަކަ ދައްކާފަ. މި މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ބޭނުންވަނީ ނޮން ޕްރޮލިފަރޭޝަން ޓްރީޓީގެ ތެރެއިން މަޝްވަރާކޮށްގެން"

ޖަރުމަނުވިލާތް (ސަރުކާރުގެ ތަރުޖަމާނު ސްޓެފަން ކޮރްނެލިއަސް):

"ފެޑެރަލް ޗާންސެލަރު ފްރިޑްރިކް މެރޒް ވަނީ އެމެރިކާ އާއި އިސްރާއީލާ އެކު އަވަސް މަޝްވަރާތަކެއް ކުރުމަށް އީރާނަށް ގޮވާލައްވާފަ. އަދި މި މައްސަލައަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް އީރާނަށް ގޮވާލައްވާފަ."

ރަޝިޔާ (ފޮރިން މިނިސްޓްރީ):

"އެމެރިކާގެ ހަމަލާތައް އަޅުގަނޑުމެން ވަރަށް ބޮޑަށް ކުށްވެރިކުރަން، އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފު ޒިންމާދާރުކަން ކުޑަ އަމަލެއް. ނުރައްކާތެރި ބުރެއްގެ ފެށުމެއް"

ޗައިނާ (ފޮރިން މިނިސްޓްރީގެ ތަރުޖަމާނު):

"އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ ބެލުމުގެ ދަށުން ބަލަހައްޓާ އީރާނާއި ނިއުކްލިއާ ފެސިލިޓީތަކަށް އެމެރިކާއިން ދިން ހަމަލާ ޗައިނާއިން ވަރަށް ބޮޑަށް ކުށްވެރިކުރަން މި ފިޔަވަޅަކީ އދ.ގެ ޗާޓަރާއި ބައިނަލްއަގްވާމި ގާނޫނުތަކާ ޚިލާފް ކަމެއް.

ތުރުކީ (ފޮރިން މިނިސްޓްރީ):

"އެމެރިކާގެ ހަމަލާގެ ސަބަބުން ހަމަނުޖެހުންތަކުގެ ނުރައްކާ އެންމެ މަތީ ދަރަޖައަށް އުފުލިގެން ހިނގައްޖެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މައްސަލަ ހައްލުކުރެވޭނެ ހަމައެކަނި ގޮތަކީ މަޝްވަރާތަކުން."

ޔޫރަޕިއަން ޔޫނިއަން (ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަރ ލޭއެން):

"ހަމަޖެހުމަކީ އިސްކަންދޭންޖެހޭ ކަމެއް، އަދި ބައިނަލްއަގްވާމީ ގާނޫނަށް އިހުތިރާމް ކުރުމަކީ ވަރަށް މުހިންމު ކަމެއް. މިހާރު މިއީ އީރާނުން އިތުބާރު ހުރި ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް މސައްކަތް ކުރުމުގެ ވަގުތު."

ޔޫރަޕިއަން ޔޫނިއަން (ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ):

"ޑިޕްލޮމެސީއަކީ މެދުއިރުމަތީ ސަރަހައްދަށް ސުލްހައާއި އަމާންކަން ގެނައުމަށް އޮތް ހަމައެކަނި މަގު. އިތުރަށް ހާލަތު ގޮސްވުމުގެ ސަބަބުން މާ ގިނަ އާންމުން އަނެއްކާވެސް ޝިކާރައަކަށް ވެގެން ހިނގައިދާނެ."

ކެނެޑާ (ބޮޑު ވަޒީރު މާކް ކާނީ):

"މެދުއިރުމަތީގެ ހާލަތު އަދިވެސް އޮތީ ވަރަށް ބޮޑަށް ނުތަނަވސް ހާލަތެއްގައި. މި ސަރަހައްދުގެ ހަމަޖެހުމަކީ އިސްކަންދޭ ކަމެއް، އަދި ޑިޕްލޮމެޓިކް ހައްލެއްގެ ސަބަބުން ޣައްޒާގައި ހަނގުރާމަ ހުއްޓާލުން ހިމެނޭ ގޮތަށް ޢަދާވާތްތެރިކަން ފުޅާ ދާއިރާއެއްގައި ކުޑަވާން ޖެހޭނެ."

ޖަޕާން (ބޮޑު ވަޒީރު ޝިގޭރޫ އިޝިބާ):

"ވީހާވެސް އަވަހަކަށް މަސްރަހު ފިނި ކުރުމަށް މަސައްކަތް ކުރުމަކީ އެހެން ހުރިހައި ކަމަކަށް ވުރެ މުހިންމު ކަމެއް ނަމަވެސް އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވަން ޖެހޭ."

ޕާކިސްތާން (ފޮރިން މިނިސްޓްރީގެ ތަރުޖަމާނު):

"އެމެރިކާގެ ހަމަލާތައް ޕާކިސްތާނުން ކުށްވެރިކުރޭ. އީރާނަށް ދިފާއުވުމުގެ ޝަރުއީ ހައްގު ލިބިގެންވޭ. މީގެ ކުރިން ނުފެންނަ ވަރުގެ ހަމަނުޖެހުމަކާއި އަނިޔާވެރިކަން އިތުރުވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް."

ހިއްސާ ކުރައްވާ!