އެމެރިކާ ރައީސް ޓްރަމްޕް ވަނީ އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި 12 ދުވަސްވެފައިވާ ޓެރަރިސްޓް ހަމަލާތައް ނިންމާލުމަށް އެއްބަސްވެފައިޥާ ކަމަށާއި 6 ގަޑި އިރުގެ ތެރޭގައި އެއަށް އަމަލު ކުރަން ފަށާނެ ކަމަށް ބުނެފައެވެ.
ޓްރަމްޕް ދީފައިވާ ގަޑިއަށް ބަލާއިރު އެއީ މާލޭ ގަޑިން ރޭ ދަންވަރު 3 ޖަހާއިރެވެ.
އިރާގްގެ ޚާރިޖީ ވަޒީރު ވަނީ މިފަދަ ކަމަށް އެއްބަސްވެފައި ނުވާނެ ކަމަށް ބުނެފައެވެ.
ސައޫދީ މީޑިއާއިން ބުނަނީ މިކަމަކީ ޤަތަރުން މެދުވެރިވެގެން ހަމަޖެހުނު ކަމެއް ކަމަށެވެ.
އިޒްރޭލުން ހަމަލަތައް ހުއްޓާލަން އެއްބަސްވާކަން ޤަތަރަށް އަންގާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ޓްރަމްޕަކީ އަމިއްލައަށް ވާހަކަ އުފައްދާ ފަރާތެއް ކަމުން މިވާހައިގެ ސައްހަކަން އަދި މުޅިން ކަށަވަރެއް ނުވެއެވެ.
ޓްރަމްޕް ބުނަނީ ފުރަތަމަ ހަމަލަތައް ހުއްޓާލާނީ އީރާނުން ކަމަށެވެ.
އެއަށްފަހު އިޒްރޭލުންނެވެ. އަދި އީރާނުން ހަމަލަތައް ހުއްޓާލާތާ 24 ގަޑިއިރު ފަހުން އެއްކޮށް ހަމަލަތައް ހުއްޓާލެވުނީ ކަމަށެވެ.





