ޔަހޫދީން ހަމަލަދިން ތަންތަނަށް ފަތުރުވެރިކަމުގެ ދަތުރުތައް ފަށަން ތެހެރާނުން ނިންމައިފި

ތެހެރާނަށް ޔަހޫދީން ދިން ޓެރަރިސްޓް ހަމަލާތަކުގައި ހަލާކުވި ތަންތަން ފަތުރުވެރިކަމަށް ބޭނުންކޮށްގެން، އެ ސަރަހައްދުތަކަށް ޒިޔާރަތްކުރުމުގެ ދަތުރުތައް ބާއްވަން ތެހެރާނުގެ ޓުރިޒަމް މިނިސްތްރީން ނިންމައިފިއެވެ. މި ދަތުރުތައް ފެށުމުގެ މަގުސަދަކީ އެ ސަރަހައްދުތަކަށް ރައްޔިތުންނާއި، ޝަހީދުންގެ އާއިލާތަކާއި، ސަރަހައްދީ މުހިއްމު ފަރާތްތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ދިނުން ކަމަށް، އެ އޮފީހުގެ ވެރިޔާ އަމީރު ޤާސިމީ ވިދާޅުވެއެވެ.

ޤާސިމީ ވިދާޅުވި ގޮތުގައި، މި ދަތުރުތައް އިންތިޒާމު ކުރާނީ ތެހެރާނުގެ ފަތުރުވެރިކަމާ ބެހޭ އިދާރާއިންނެވެ. މި ދަތުރުތަކުގެ ތެރޭގައި އާއްމު ރައްޔިތުން ޝަހީދުވި ސަރަހައްދުތައް ވެސް ހިމެނޭނެއެވެ.

މީގެ އިތުރުން، ތެހެރާނުގެ މުނިސިޕަލް ކައުންސިލުން ވަނީ އެ ސިޓީގެ މައިދާންތަކާއި ބޮޑެތި ބާޒާރު ސަރަހައްދުތަކުގައި ސަގާފީ ހަރަކާތްތައް ވެސް ބޭއްވުމަށް ނިންމާފައެވެ. މި ހަރަކާތްތަކުގެ ތެރޭގައި، ގަދީމީ ޒަމާނުގެ ވާހަކަތައް ކިޔައިދިނުން ހިމެނޭނެއެވެ. ޤާސިމީ ވިދާޅުވީ، "މި ޕްރޮގްރާމްތަކަކީ އިރާނުގެ އިސްލާމީ އަގުތައް ކުރިއެރުވުމާއި، ރައްޔިތުންގެ ހަނދާންތައް ދިރުވައި އާލާކުރުމަށްޓަކައި ހިންގާ ހަރަކާތްތަކެއް" ކަމަށެވެ.

އަދި، އެ އޮފީހުން ވަނީ ތެހެރާނުގެ ރީތި ތަންތަން ފެނިގެންދާނެހެން، އާއްމު ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ސިޓީގެ ސަގާފީ ތަރިކަ ފާހަގަކުރުމަށްޓަކައި، އެ އޮފީހުގެ ވާޗުއަލް ޕްލެޓްފޯމްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ ގޮތުގެ މައުލޫމާތުވެސް ހިއްސާކޮށްފައެވެ.

ހިއްސާ ކުރައްވާ!