ބަނގްލަދޭޝް: އިސްތިރާތިޖީ ކަސިޔާރުކަމެއްް

ބަންގްލަދޭޝްގެ ތަރައްޤީގައި އިންޑިޔާގެ ތާރީޚީ އަދި އިސްތިރާޖީ މުހިންމުކަން ފާހަގަކޮށް، ބަނގްލަދޭޝްއިން އިސްކަންދޭ ކަންކަން ނިއު ދިއްލީއާ އަލުން އަދާހަމަކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. 1971 ވަނަ އަހަރު ބަންގްލަދޭޝް މިނިވަންވުމުގައި އިންޑިޔާއިން އަދާކުރި މުހިންމު ދައުރާއެކު، ވިޔަފާރި، ސަލާމަތީ އަދި ސަޤާފީ ގުޅުން ބަދަހިކުރުމުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ފުން ގުޅުންތަކެއް ޤާއިމުކުރެވިފައި ވެއެވެ.

ބަނގްލަދޭޝްއަށް އައި ސިޔާސީ ބަދަލުގެ ތެރޭގައި އެގައުމުގެ އަވަށްޓެރިކަމުގެ ސަމުގާގެ ކަށި ވަނީ މިސްރާބުން ކަސިޔާރުވެފައި ކަމަށް ފާޑު ކިޔާ ފަރާތްތަކުން ދެކެއެވެ.

ޑރ. ޔޫނުސްގެ ވަގުތީ ސަރުކާރުގެ ހިޔާވަހިކަމުގައި، ބަންގްލަދޭޝްއިން ވަނީ ތުރުކީ އަދި ޗައިނާ ފަދަ ޤައުމުތަކާ އެކު ވިޔަފާރިއާއި އަސްކަރީ ގުޅުން ބަދަހިކޮށްފައެވެ. މި ގުޅުންތަކުގެ ސަބަބުން އިސްތިރާޖީ ބަދަލުތަކެއް ދެކުނު އޭޝިއާގެ ސަރަހައްދަށް އަތުވެދާނެކަމުގެ ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.

އިންޑިޔާގެ ޗީފް އޮފް ޑިފެންސް ސްޓާފް، ޖެނެރަލް އަނިލް ޗައުހާން ވަނީ ޗައިނާ-ޕާކިސްތާން-ބަންގްލަދޭޝް ނާރެސްގެ ނުރައްކާތެރިކަން ފާހަގަކުރައްވައި، ސަރަޙައްދީ ހަމަޖެހުމަށް އިންޑިޔާއިން ކުރާ މަސައްކަތްތަކަށް އަލިއަޅުވާ ލައްވާފައެވެ.

އިންޑިޔާއިން ދަނީ ސަރަހައްދުގައި އިޤްތިޞާދީ ޕާޓްނަޝިޕްތަކާއި، އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި، ސަލާމަތީ އެއްބާރުލުމުގެ ތެރެއިން އެހެން ގައުމުތަކަށްވެސް އެހީވާފަދައިން ބަންގްލަދޭޝްއަށް އެހީތެރިވެދީ، ދެ ޤައުމުގެ އިގްތިސާދީ ތަނަވަސްކަން ކުރިއެރުވުމަށް މަސައްކަތްކުރަމުންނެވެ.

ބަންގްލަދޭޝްއިން އިންޑިޔާއާއެކު އޮންނަ ތާރީޚީ ގުޅުންތަކަށް އިޙްތިރާމްކޮށް، ނިއު ދިއްލީގެ ޓެކްނޮލޮޖީއާއި އިޤްތިޞާދީ ކުރިއެރުންތައް ހިއްސާކޮށްގެން މިހާތަނަށް ޑާކާއަށް އިގްތިސާދީ ގޮތުން ފަސޭހަތަކަކާއި މުހިންމު ކުރިއެރުންތަކެއް ލިބިފައި ވެއެވެ.

އެގޮތުން ފާހަގަ ކުރެވޭ އެއްކަމަކީ، ވެކްސިން ޑިޕްލޮމަސީ އާއި ބައިނަލްއަޤްވާމީ ގުޅުންތައް ހިމެނޭ ގޮތުން އިންޑިޔާގެ ހެޔޮ ޙިއްޞާތަކަކީ ސަރަޙައްދީ ސުލްޙައަށް މުހިންމު ދައުރެއް މިދިޔަ ކާރިސާގައި އަދާކުރި ކަމެކެވެ.

އެކަމުގެ ތެރޭން، ދެ ޤައުމުގެ ގުޅުން ބަދަހިކޮށްގެން އިންޑިޔާގެ އަމާޒަކީ އެއްބާރުލުންދޭ ދެކުނު އޭޝިޔާގެ އޮނިގަނޑެއްގެ ތެރޭން ދެ ޤައުމުގެ ދިގު މުއްދަތުގެ ހަމަޖެހުމާއި ކުރިއެރުން ކަށަވަރުކުރުމެވެ.

ހިއްސާ ކުރައްވާ!