މީގެ އަހަރެއްހާ ދުވަސް ކުރިން އަމިއްލަ އިޚްތިޔާރުގައި ކައިވެނިކުރި ފިރިހެނަކާއި އަންހެނެއްގެ ގަޔަށް އާދީއްތަ ދުވަހު ބަޑިޖަހައި މަރާލާފައިވާ ކަމަށް ޕާކިސްތާނު ފުލުހުން ބުނެއެވެ. ރާޖަންޕޫރު ޑިސްޓްރިކްޓްގެ މުހައްމަދުޕޫރު ސަރަހައްދުގައި މިދެމަފިރިން މަރާލާފައި ވަނީ އަންހެން މީހާގެ ބޭބެ އެވެ.
ރާޖަންޕޫރު ޑިސްޓްރިކްޓް ފުލުހުން ބުނިގޮތުގައި އާއިޝާ ބީބީ ކައިވެނިކޮށްފައި ވަނީ އާއިލާގެ ރުހުމާ ދެކޮޅަށެވެ. އަދި އެދެމަފިރިން ހުކުރު ދުވަހު ގޭގައި ތިއްބާ ހަތިޔާރު އެޅި ޅިޔަނު ވަދެ އެމީހުންގެ ގަޔަށް ބަޑި ޖަހައި މަރާލީ ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާ ރިޕޯޓް ކުރުމާ ގުޅިގެން ވަގުތުން އެމީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ޖަރީމާ ހިންގި ތަނުން ހެކި އެއްކުރުމަށްފަހު، ހަށިގަނޑުތައް ހޮސްޕިޓަލަށް ގެންގޮސް އޮޓޮޕްސީއެއް ހަދައިފާނެ ކަމަށެވެ.
މި ދެމަފިރިން މަރާލާފައި ވަނީ ޕާކިސްތާނުގައި އާއިލާގެ ޝަރަފް ދެމެހެއްޓުމަށް އަންހެން ކުދިން މެރުމުގެ ސަގާފަތުގެ ތެރެއިންނެވެ.




