ބަލޫޗް ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ވަނީ އެ ޖަމާއަތުގެ މަޖީދް ބްރިގޭޑަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އެމެރިކާއިން ކަނޑައެޅުން ކުށްވެރިކޮށްފިއެވެ. މިއީ "ކޮލޯނިއަލް ނެރެޓިވް" އެއް ކަމަށް ބުނެ އެ ޖަމާއަތުން ވަނީ މި ލޭބަލް ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.
ބީއެލްއޭ އިން ބުނާ ގޮތުގައި އެ ޖަމާއަތުން އަމާޒުކުރަނީ ހަމައެކަނި ޕާކިސްތާނުގެ ސިފައިންނަށެވެ. އަދި އެ ޖަމާއަތުން މަސައްކަތް ކުރަނީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުގެ ދަށުން ކަމަށް ބުނެ، ބަލޫޗް މިނިވަންކަމަށް ޓަކައި ހަތިޔާރުއެޅި ދެކޮޅުވެރިކަން ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެއެވެ.


