ގިލްގިޓް-ބަލްޓިސްތާނުގެ އެކި ސަރަހައްދުތަކުގައި ކުރަމުންދާ އިހުތިޖާޖުގެ ސަބަބުން ވިޔަފާރިތައް ބަންދުކޮށް އެހެން ސަރަހައްދުތަކަށް އިހުތިޖާޖުތައް ފުޅާކޮށްފިއެވެ. މި އިހުތިޖާޖުތަކަށް މިހާރު 40 ދުވަސް ވެފައި ވެއެވެ. އަދި މި އިހުތިޖާޖުގެ ސަބަބުން ކަރަކުރަމް ހައިވޭ ވެސް ބަންދުވެ، ޕާކިސްތާނާއި ޗައިނާއާ ދެމެދު ކުރެވޭ ވިޔަފާރި ހުއްޓުމަކަށް އައިސްފައި ވެއެވެ.
ގިލްގިޓްގައި ކުރާ މި އިހުތިޖާޖުގެ މައިގަނޑު މަޤްޞަދަކީ ގިލްގިތް ބަލްޓިސްޓާން ސަރަހައދަކީ، ޓެރިފް ނުހިނގާ ޑިއުޓީ ފްރީ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް ގޮވާލާ އިހުތިޖާޖެކެވެ. މީގެ ސަބަބުން ޗައިނާއިން އިމްޕޯޓްކުރާ މުދަލަށް ޓެކްސް ދައްކަން ނުޖެހޭނެއެވެ. މީގެ އިތުރުން ސޯސްޓް ސަރަހައްދުގެ ޑްރައި ޕޯޓުގައި ހިފެހެއްޓިފައިވާ 200 އަށްވުރެ ގިނަ ދާގީނާ އަވަހަށް ދޫކޮށްދިނުމަށް ވެސް ވިޔަފާރިވެރިން ދަނީ ގޮވާލައި މުޒާހަރާ ކުރަމުންނެވެ. މި ދާގީނާތައް ގިނަ ދުވަސްވަންދެން ކަސްޓަމްސްގައި ހުރުމުގެ ސަބަބުން ގެއްލުން ވެފައިވާކަމަށް ބުނެއެވެ.
އަންޖުމަނޭ ތާޖިރާންގެ ގޮވާލުމާ ގުޅިގެން ހުންޒާ، ނަގާރު، ގަންޗީ، ގިލްގިޓް އަދި ސްކާރްޑޫގެ މާރުކޭޓުތައް ވަނީ ބަންދުކޮށްފައެވެ. ގިލްގިތް ބަލްޓިސްތާން ކެބިނެޓް މެންބަރުން ވަނީ މި އިހުތިޖާޖަށް ތާއީދުކޮށްފައެވެ. އަދި އެފަރާތްތަކުން ވަނީ ޕާކިސްތާންގެ ބޮޑު ވަޒީރު ޝަހްބާޒް ޝަރީފް ކުރިން އިއުލާން ކުރެއްވި ޑިއުޓީ މައާފް ކުރުމުގެ ސްކީމަށް އަމަލުކުރުމަށް މަރުކަޒީ ސަރުކާރަށް ގޮވާލައިފައެވެ.
އިހުތިޖާޖުގެ ލީޑަރުން ވަނީ ސަރަހައްދުގެ އިޤްތިޞާދު ބޭރުގެ ފަރާތްތަކުން ކޮންޓްރޯލު ކުރުން ބަލައި ނުގަނެވޭނެ ނެކަމަށް ބުނެ އިންޒާރުދީފައެވެ. އަދި ރައްޔިތުންގެ ރުހުމެއް ނެތި ނެތި ޓެކްސް ނެގިގެން ނުވާނެ ކަމަށްވެސް ބުނެފައެވެ.


