ޕާކިސްތާނުގެ ޕެޝަވާރު ހައި ކޯޓުން ވަނީ ކޮރަޕްޝަނާއި އިހުމާލުގެ ތުހުމަތުގައި 9 ފަނޑިޔާރަކު ވަޒީފާއިން ވަކިކޮށްފައެވެ. މި ފަނޑިޔާރުން ވަޒީފާއިން ވަކިކުރީ އެމީހުން ވަޒީފާއިން ވަކިކުރުމަށްފަހު އަލުން ވަޒީފާ ދޭން އެންގުމާ ގުޅިގެން އަލުން ކުރިއަށް ގެންދިޔަ ތަހުގީގަކަށް ފަހު، އެ ފަނޑިޔާރުންގެ މައްޗަށް ކުރެވުނު ތުހުމަތުތައް އަލުން ސާބިތުވުމާ ގުޅިގެންނެވެ.
މި ފިޔަވަޅު އަޅާފައި ވަނީ ޗީފް ޖަސްޓިސް އެސް.އެމް. އަތީޤް ޝާހުގެ އިރުޝާދުގެ ދަށުން، ހައިބަރު ޕަޚުތުންޚުވާ ސަރުކާރުގެ މުވައްޒަފުންގެ ސުލޫކީ މިންގަޑާއި ގަވާއިދު 2011 ގެ ދަށުންނެވެ. ވަކިކުރެވުނު ފަނޑިޔާރުންގެ ތެރޭގައި ހިމެނެނީ 4 ޑިސްޓްރިކްޓް ގާޒީންނާއި 5 ސީނިއަރ ސިވިލް ގާޒީންނެވެ.
މި ފަނޑިޔާރުން މީގެ ކުރިން ވަޒީފާއިން ވަކި ކުރީ 2017 ވަނަ އަހަރު އެވެ. ނަމަވެސް 2025 ގެ އޭޕްރީލް މަހު، ޚައިބަރު ޕަޚުތުންޚުވާގެ ސަބޯޑިނޭޓް ޖުޑީޝަރީ ސަރވިސް ޓްރައިބިއުނަލްއިން ވަނީ އެމީހުން ވަޒީފާއިން ވަކި ކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ އަލުން ވަޒީފާދޭން ހުކުމް ކޮށްފައެވެ. އެއަށްފަހު ވަޒީފާ ދިނުމަށްފަހު އެމީހުންގެ މައްސަލަ އަލުން ބަލާފައި ވަނީ އެވެ.





