ދަށް ނަތީޖާއާ ގުޅިގެން ޕާކިސްތާނުގެ 15 ސްކޫލެއްގެ ޕްރިންސިޕަލުން ވަޒީފާއިން ވަކިކޮށް ސަސްޕެންޑް ކޮށްފި

ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚުވާ ސަރަހައްދުގެ މެޓްރިކިއުލޭޝަން އިމްތިހާނުތަކުގެ ނަތީޖާ ދަށްވުމާ ގުޅިގެން އެ ސަރަހައްދުގެ 15 ސްކޫލެއްގެ ޕްރިންސިޕަލުން ވަޒީފާއިން ވަކިކޮށްފި އެވެ. މި ފިޔަވަޅު އަޅާފައިވަނީ މި އަހަރުގެ އެސްއެސްސީ އިމްތިހާނުތަކުގެ ނަތީޖާ ދަށްވުމާ ގުޅިގެންނެވެ. ސެޕްޓެމްބަރު 4 ވަނަ ދުވަހު ނެރުނު އިއުލާނެއްގައި މިޕްރިންސިޕަލުން ވަކި ކުރިކަން ވަނީ އަންގާފައެވެ.  މީގެ އިތުރުން އެހެނ ްބައެއް ސްކޫލުތަކުގެ ޕްރިންސިޕަލުން ވަނީ ސަސްޕެންޑް ކުރެވިފައެވެ.

ލޭބަރ މިނިސްޓަރު ފަޒަލް ޝަކޫރު ހާން ވިދާޅުވި ގޮތުގައި މި ސްކޫލުތަކުގެ ނަތީޖާ ވަނީ 0 އިންސައްތައިގައެވެ. އަދި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އިސްލާމް މާއްދާއާއި ޕަޝްތޯ ބަހުގެ މާއްދާ ފިޔަވައި އެހެން މާއްދާތައް ކިޔަވައިދޭ ޚާއްސަ ޓީޗަރުންގެ އަދަދުގެ މަދުކަން ވަރަށް ބޮޑަށް ދިމާވެފައިވެއެވެ.

ހިއްސާ ކުރައްވާ!