އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުން ޓެރަރިޒަމްގެ ނުރައްކާ އޮތްކަން ފާހަގަކޮށްފި

ޖެނީވާގައި ބޭއްވި އިންސާނީ ޙައްޤުތަކާ ބެހޭ އދގެ ކައުންސިލުގެ 60 ވަނަ ސެޝަންގައި، ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރު ސަރަޙައްދުގައި ޓެރަރިޒަމްގެ ސަބަބުން ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ޕާކިސްތާންގައި 2023 ވަނަ އަހަރު ޓެރަރިޒަމްގެ ސަބަބުން މަރުވި މީހުންގެ އަދަދު 22 އިންސައްތަ އިތުރުވެފައިވާކަން ފާހަގަކޮށްފައި ވެއެވެ. ޕާކިސްތާންގައި ބާޣީ ބަލޫޗީ ހަރަކާތްތަތަކާއި ޓެރަރިސްޓް ހަމަލަދޭ ތަހުރީކޭ ޠާލިބާން ޖަމާއަތްތަކުން ކުރާ ނުރައްކާ އިތުރު ވެފައި ވެއެވެ.

ޕާކިސްތާންގައި 2023ގައި ޓެރަރިސްގެ ސަބަބުން މަރުވެފައިވާ މީހުންނަކީ 2015 ވަނަ އަހަރުގެ ފަހުން އެއް ހަމަލާއަކުން އެންމެ ގިނަ މީހުން މަރުވާން ދިމާވެފައިވާ އަހަރެވެ. ޕާކިސްތާންގެ ދަށުގައިވާ ކަޝްމީރަކީ ދެކުނު އޭޝިއާގައި މިފަދަ ހަމަލާތަކުން އެންމެ ބޮޑަށް އަސަރުކުރާ ސަރަޙައްދުތަކުގެ ތެރެއިން އެއް ސަރަޙައްދުކަމަށް ޓެރަރިޒަމްގެ ނުރައްކަލާ މެދު ބަހުސްކުރި ފަރާތްތަކުން ފާހަގަ ކޮށްފައި ވެއެވެ.

އެ ސަރަހައްދުގައި ޓެރަރިސްޓް ހަމަލަތައް ދިނުމަށް މަޝްހޫރު ލަޝްކަރޭ ތައްއިބާ އަދި ޖައިޝޭ މުޙައްމަދު ފަދަ ޓެރަރިސްޓް ޖަމާޢަތްތަކަށް ޕާކިސްތާނުގެ އެތެރޭން އެހީތެރިކަން ފޯރުކޮށްދޭކަމަށް ތުހުމަތުކުރެވޭ އެވެ. އަދި މަޝްމީރު ސަރަޙައްދު ބޭނުންކުރަނީ ޕްރޮކްސީ ހަނގުރާމަތަކުގެ މައިދާނެއްގެ ގޮތުގައި ކަމަށް ފާހަގަ ކޮށްފައި ވެއެވެ.

ކަޝްމީރު ސަރަޙައްދުގެ ނާމާންކަމުގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމަކަށް އައިސް، ބޭރުގެ އިންވެސްޓްމަންޓްތައް ދަށްވެފައި ވެއެވެ. އަދި ބައިނަލްއަޤްވާމީ އެހީ ދޭ ޖަމްޢިއްޔާތަކުން އެތައް ފަހަރެއްގެ މަތިން މި ސަރަޙައްދު ދޫކޮށް ދާން މަޖުބޫރުވެފައިވެސް ވެއެވެ.

2024 ވަނަ އަހަރުގެ ގްލޯބަލް ޓެރަރިޒަމް އިންޑެކްސްގެ ހޯދުންތަކުން ދައްކާގޮތުގައި، ދުނިޔޭގައި ޓެރަރިޒަމްގެ ސަބަބުން މަރުވާ މީހުންގެ 90 އިންސައްތައަކީ ހަނގުރާމައިގެ ސަރަޙައްދުތަކުގައި މަރުވާ މީހުންނެވެ.

ޓެރަރިޒަމްގެ މައްސަލަތަކާ ހެދި ކަޝްމީރުގައި އިޤްތިޞާދީ ޙާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، އިންޓަރނޭޝަނަލް ވިޔަފާރިއަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. 2024 ވަނަ އަހަރުގެ މެއި އަދި އޯގަސްޓް މަހު ކަރަންޓުގެ އަގުބޮޑުވުމާއި އަސާސީ ވަސީލަތްތައް ނެތުމުގެ ސަބަބުން އާންމުން މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރުމުން، އެ މުޒާހަރާތައް ފުލުހުން ވަނީ އަނިޔާވެރިކަމާއެކު ރޫޅާލާފައެވެ.

ހިއްސާ ކުރައްވާ!