ޕާކިސްތާންގައި ބައެއް ވެބްސައިޓްތަކުން ރައްޔިތުންގެ ޒާތީ މައުލޫމާތު ވިއްކަމުންދާތީ ސަރުކާރުން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފިއެވެ. ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ފިޔަވަޅުތައް އަޅަމުންދާއިރުވެސް އަދިވެސް ބައެއް ވެބްސައިޓްތަކުގައި މި ވިޔަފާރި ހިނގަމުންދާ ކަމަށެވެ. މިކަމާ ގުޅިގެން ޑިޖިޓަލް ޕްރައިވަސީއާއި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ދަނީ ކަންބޮޑުވުންތައް ވަނީ ފާޅުކުރަމުންނެވެ.
މި މައްސަލަ ތަޙުޤީޤުކުރުމަށް ހަވާލު ކޮށްފައިވާ ނެޝަނަލް ސައިބަރ ކްރައިމް އިންވެސްޓިގޭޝަން އޭޖެންސީ (އެންސީސީއައިއޭ) އިން ބުނާ ގޮތުގައި ވަށާ ޖެހޭ ރިޕޯޓެއް ނިންމުމަށް އިތުރު ތިން ހަފުތާގެ މުއްދަތެއް އަދި ނަގާނެއެވެ. ދާޚިލީ ވަޒީރު މުޙްސިން ނަޤްވީގެ އިރުޝާދުގެ ދަށުން މި މައްސަލަ ދިރާސާ ކުރުމަށް 7 މެންބަރުންގެ ކޮމިޓީއެއް ވަނީ މި މަހުގެ ކުރީކޮޅު އެކުލަވާލާފައެވެ. ކޮމިޓީ އެކުލަވާއިރު ވަޒިރު ވަނީ މި މައްސަލައިގެ ފުނަށް ވާސިލުވެ، ވަށައިގެންވާ ކަންކަން ދެނެގަތުމަށް 14 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.
އެންސީސީއައިއޭގެ އިސް ފަރާތްތަކުން ހާމަކުރި ގޮތުގައި ވަގުތީ ރިޕޯޓު އޮތީ ނިމޭ މަރުހަލާގައެވެ. ނަމަވެސް މިކަން ލަސްވުމާއެކު، މިނިސްޓަރުންނާއި، އިސް އޮފިޝަލުންނާއި އާންމު ރައްޔިތުންގެ މަޢުލޫމާތު ވިއްކަމުންދާ ޕްލެޓްފޯމްތަކުން ސަރުކާރުގެ މަސައްކަތެއް ފަރުވާލެއް ނުބަހައްޓައި ކުރިއަށް ދާތީ ފާޑު ކިޔާފައި ވެއެވެ.
2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޕާކިސްތާން މީޑިއާއިން ހާމަކުރި ގޮތުގައި، އާންމުންގެ މައުލުމާތު އޮންލައިންކޮށް ވިއްކަމުން ދަނީ ފަރުވާލެއް ނެތިއެވެ. މީޑިއާގެ ރިޕޯޓާ ގުޅިގެން 2025 ސެޕްޓެމްބަރު 7 ގައި މިނިސްޓަރ ނަޤްވީ ވަނީ ކުއްލި ބައްދަލު ވުމެއް ބާއްވަވާފައެވެ. ފާޑު ކިޔާ ފަރާތްތަކުން ބުނަނީ ޕާކިސްތާން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޕީޓީއޭ) އިން އަދިވެސް މި ވެބްސައިޓްތައް ބްލޮކްކޮށްފައި ނުވާ ކަމަށެވެ. އަދި މި ކަމާ ގުޅިގެން ޕީޓިއޭއިން އެއްޗެއް ބުނެފައެއް ނުވެއެވެ. ފާޑު ކިޔާ ފަރާތްތަކުން ބުނަނީ ވެބްސައިތްގެ އިތުރުން ވަޓްސަޕްއާއި އެފްބީއިން ވެސް ޑޭޓާ ވިއްކުމުގެ މުއާމަލާތު ހިންގަމުން ގެންދއެވެ.




