އިމްރާން ޚާންގެ ޓުއިޓާ އެކައުންޓް މައްސަލައަކަށް ވެއްޖެ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނު ޖަލުގައި ހުންނަވައިގެން މީސްމީޑއާ ބޭނުން ކުރައްވާ ކަމަށް ވިދާޅުވެ ޕާކިސްތާންގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް ދެއްކެވި ވާހަކަތަކަށް އާންމުންގެ ފާޑު ކިޔުން އަމާޒު ވެއްޖެއެވެ. ނޫސްވެރިޔާ މެހްދީ ހަސަންއާ އެކު އޮތް ބަސްދީގަތުމުގައި އާސިފް ވިދާޅުވީ އިމްރާން ޚާނު ބަންދުކޮށްފައިވާ އަދިޔާލާ ޖަލުގައި ހުންނަވައިގެން އޭނާގެ ޓްވިޓަރ އެކައުންޓް ބޭނުން ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މަހުދީ ވަނީ އާސިފު ކުރިން ދައްކަވާ ފައިވާ ވާހަކަތަކާ މެދުވެސް ސުއާލު އުފައްދަވާފައެވެ.

ޚަވާޖާ އާސިފް މީގެ ކުރިން ވިދާޅުވެފައި ވަނީ އެ އެކައުންޓް ކޮންޓްރޯލް ކުރަނީ އިންޑިއާއިން ކަމަށެވެ. މަހުދީ މި ވާހަކަ އާސިފުގެ ހަނދާނަށް ގެންނެވުމުން އާސިފަށް ޖަވާބު ދެއްވަން ދަތިފުޅުވިއެވެ. އަދި އެކަމަށް ބުރަދަން ދޭ ހެއްކެއް ދެއްވުމަށް ދެކޮޅު ހެއްދެވިއެވެ.

މި ވާހަކަތަކާ ގުޅިގެން ސިޔާސީ ދާއިރާގެ މާހިރުންނާއި ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ވަނީ އާސިފަށް ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އަދި ޕާކިސްތާނުގެ އިންޓެލިޖެންސް އިދާރާތަކުގެ އިތުބާރު ގެއްލޭ ފަދަ ގޮތަކަށް ވަޒީރު ވާހަކަދައްކަވާ ކަމަށް ބުނެ ފާޑުކިޔާފައިވެއެވެ.

ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ ބާނީ އިމްރާން ޚާނު ގެންދަވަނީ 2023 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ކޮރަޕްޝަންގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމާ މެދު ދުނިޔޭގެ އެކި ފަރާތްތަކުން ވަނީ ކުށްވެރިކޮށްފައެވެ. އަދި އދ. ގެ މާހިރުން ވަނީ ޕާކިސްތާންގެ މި އަމަލަކީ ގާނޫނާ ޚިލާފު ހައްޔަރުކުރުމެއް ކަމަށް ބުނެފައެވެ.

އިންޓަވިއުގައި އާސިފް ވަނީ ޕާކިސްތާނުގެ ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ ގޮތުންވެސް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާއާ އެކު ޕާކިސްތާނުން އާ ގުޅުންތަކެއް ގާއިމުކުރަމުން ދިޔަ ނަމަވެސް، ޗައިނާއަކީ އިތުބާރުހުރި އެކުވެރި ގައުމެކެވެ. އަދި ދެ ގައުމުގެ ދިފާއީ ގުޅުން ވަރަށް ބަދަހި ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!