ޕާކިސްތާންގެ އަންހެން އިދިކޮޅު ލީޑަރުގެ ޝަރިއަތް ޖަލު ގޮޅީގައި

ޕާކިސްތާންގެ އިދިކޮޅު ބަލޫޗް ޔަކްޖެހްތީ ކޮމިޓީ (ބީވައިސީ) ގެ ލީޑަރުންގެ ތެރެއިން ޑރ. މަހްރަންގް ބަލޫޗް އާއި އެހެން މެންބަރުންގެ މައްޗަށް ކުއެޓާ ޑިސްޓްރިކްޓް ޖަލުގައި ބޭއްވި ޝަރީޢަތާމެދު ބީވައިސީން ޕާކިސްތާން ސަރުކާރަށް ފާޑު ކިޔައިފިއެވެ. ބީވައިސީން ބުނެފައި ވަނީ ޖަލުގައި ބާއްވާފައިވާ މި ޗަރީއަތަކީ ހާމަކަން ކުޑަ އަދި ޤާނޫނުއަސާސީން ލިބިދޭ އިންސާފުވެރި ޝަރީޢަތުގެ ޙައްޤުތައް ނިގުޅައިގަނެ ސިއްރުން ބާއްވާފައިޥާ ޝަރީއަތެއް ކަމަށެވެ.

އެންޓި ޓެރަރިޒަމް ކޯޓުގެ1 ގެ ޤާޟީ މުޙައްމަދު ޢަލީ މުބީން ކުރިއަށް ގެންދިޔަ މި ޝަރީޢަތް ބޭއްވީ ޖަލު ތެރޭގައި ކަމަށްވާއިރު، ނޫސްވެރިންނާއި، އާއިލާތަކާއި އަދި އާންމު އޮބްޒާވަރުންނަށް ޝަރީޢަތް ބެލުމަށް ފުރުސަތެއް ދީފައެއް ނުވެއެވެ. އަދި ދަޢުވާ ފޯމު ހުށަހަޅާފައި ނުވާތީ ރަސްމީ ދަޢުވާތައް އަދި ފެށިފައެއް ނުވެއެވެ. ނަމަވެސް ޑރ. މަހުރަންގް ބަލޫޗު ގެ ބަންދު 10 ދުވަހަށް އިތުރު ކޮށްފައި ވެއެވެ.

ޑރ. ބަލޫޗް އާއި އެހެން ބީވައިސީ މެންބަރުން ކަމަށްވާ ސިބްޣަތުﷲ، ބީބޯ، ބީބަރްގް އަދި ގުލްޒާދީ އަކީ މާޗު މަހުން ފެށިގެން އަމަން އާންމު ނަގާލުމުގެ ކުށުގައި ބަންދުކޮށްފައިވާ ބަޔެކެވެ. މިމީހުން މުޒާހަރާ ކޮށްފައި ވަނީ ޕާކިސްތާނު ސަރުކާރާއި ސިފައިން ބަލޫޗީ ދަރިކޮޅުގެ މީހުން ނިޒާމުން ގެއްލުވާލާތީއެވެ. އޭގެ ފަހުން އެންޓި ޓެރަރިޒަމް ގާނޫނުގެ ދަށުންނާިއ ޕާކިސްތާންގެ ގާނުލްއުގޫބާތުގެ ދަށުން އެމީހުންނަށް ދައުވާ ކުރީއެވެ.

ހިއްސާ ކުރައްވާ!