ތަހުރީކޭ ލައްބައިކެ ޕާޓީން ބެއްވި މުޒާހަރާ ހުއްޓުވައިފި

ޣައްޒާއަށް ސަޕޯޓު ކުރުމަށް ކަމަށްބުނެ އެމެރިކާ އެމްބަސީއަށް މިސްރާބު ޖެހުމަށް ޕާކިސްތާންގެ ތަހުރީކޭ ލައްބައިކަ ޔާރަސޫލުﷲ ޕާޓީން ބެއްވި މުޒާހަރާ މުރީދުކޭ އާ ހަމައިން ހުއްޓުވައިފިއެވެ. މި މީހުންގެ މުޒާހަރާއިން އާންމު ދަތުރުފަތުރަށް ހުރަސް އެޅުމަށްފަހު މިހާރު ޕަންޖާބުގެ މައި މަގުތައް ވަނީ އަލުން ހުޅުވާފައެވެ. ނަމަވެސް، ތެހްރީކޭ ލައްބައިކެ ޕާކިސްތާން (ޓީއެލްޕީ) ގެ މެންބަރުން ބުނެފައި ވަނީ ފަލަސްތީނުގެ ސަޕޯޓުގައި އެމީހުން މުރީދްކޭ އަދި ސަދްހޯކޭގައި ތިން ދުވަހަށް އިހުތިޖާޖަށް އިށީދެގެން ތިބޭނެ ކަމަށެވެ.

ލާހޯރުގައި ތަހުރީކޭ ލައްބައިކެ އާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ގިނަ އަދަދެއްގެ ފުލުހުންނަށް އަނިޔާވެފައި ވެއެވެ. މުޒާހަރާކުރާ ފަރާތްތަކުން ވަނީ ފުލުހުން ބެހެއްޓުި ހުރަސްތައް އެއްލާލާފައެވެ. އަދި އެމީހުންގެ ހިނގާލުމަށް ހުރަސް އެޅުމަށް ފުލުހުން މަގުމަތީގައި ކާނު ކޮނުމުން އެހިސާބުން އެމީހުންގެ ހިނގާލުމަށް އެހުރަސް އެޅުނެވެ.

ތަހުރީކޭ ލައްބައިކެ ގެ މުޒާހަރާ ހުއްޓުވުމަށް 1,200 އަށްވުރެ ގިނަ ޕެރަމިލިޓަރީ ނެފައި ވެއެވެ. މުޒާހަރާކުރާ ފަރާތްތަކުން ސަރުކާރާ ދެކޮޅު އަޑުގަދަކޮށް ކުރި އިހުތިޖާޖުގައި 90މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި މުޒާހަރާތަކުގައި ބޭނުންކުރި އަޑުގަދަކުރާ ސިސްޓަމްތައްވެސް ވަނީ އަތުލާފައެވެ. މުޒާހަރާ ކުރި ސަރަހައްދުތަކުގައި އިންޓަނެޓް ސްޕީޑް ލަސްކޮށް ލިއެވެ. ނަމަވެސް، މޮބައިލް ޑޭޓާ ޚިދުމަތް ދެމުން ގެންދެއެވެ.

ތަހުރީކޭ ލައްބައިކެ އަކީ، ބްރޭލްވީ ފިކުރުގެ ދަންނަބޭކަލެއް ކަމަށްވާ ވީލްޗެއަރގައި އުޅުނު ރިޒްވީ ކީރިތި ރަސޫލާގެ ދިފާއުގައި އުފެއްދި ހަރަކާތެކެވެ. ފަހުން މީހުން ގިނަވެ ސިޔާސީ ޕާޓިއަކަށްވގެން ދިޔައީއެވެ. އަދި މިމީހުންގެ ހަރުކަށި ކަމުން ޕާކިސްތާނުން މި ޕާޓީ މަނާކޮށްފައި އޮތްވައި، ފީލްޑް މާޝަލް އާސިމް މުނީރު ވަނީ އަލުން މިމީހުންނަށް ހުއްދަ ދީފައެވެ.

ހިއްސާ ކުރައްވާ!