ޕޯލިއޯ ވެކްސިން ދޭމީހުންނާ ދެކޮޅަށް ހަމަލަތައް ދެމުން ދަނީ

ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންކުވާ ސަރަހައްދުގެ ނައުޝޭރާ ޑިސްޓްރިކްޓްގައި ޕޯލިއޯ ވެކްސިން ޖެހުމުގެ މަސައްކަތްތެރިން ހިމާޔަތްކުރުމަށް މަސައްކަތް ކުރި ފުލުހެއް މަރާލައިފިއެވެ. މިއީ ޤައުމީ ފެންވަރުގައި ކުރިއަށް ގެންދާ ޕޯލިއޯ ކެމްޕޭނުގެ ތިންވަނަ ދުވަހު ހިނގި ހާދިސާއެކެވެ.

ޕާކިސްތާނަކީ އަފްޣާނިސްތާނާއެކު ޕޯލިއޯ ބަލި އާންމު ކޮށް ފެތުރޭ ދެ ޤައުމުގެ ތެރެއިން އެއް ޤައުމެވެ. ވޭތުވެދިޔަ އަހަރު ޕާކިސްތާނުގައި 74 ޕޯލިއޯ ކޭސް ރިޕޯޓު ކޮށްފައިވާ އިރު، 2023 ގައި  6 ކޭސް ރިޕޯޓުކުރިއެވެ. މިއަހަރު މިހާތަނަށް 29 ކޭސް ރިޕޯޓު ކޮށްފައި ވާއިރު، އޭގެ ތެރެއިން 18 ކޭސް ރިޕޯޓު ކޯށްފައި ވަނީ ޚައިބަރު ސަރަހައްދުންނެވެ.

ޕޯލިއޯއަކީ 5 އަހަރުން ދަށުގެ ކުޑަކުދިންނަށް ޖެހޭ، ގަދައަށް ފެތުރޭ ވައިރަހެއް ކަމާއި، މި ބައްޔަށް ވެކްސިން ލިބެން ހުރި ނަމަވެސް، ރަށްފުށުގެ ގިނަ ސަރަހައްދުތަކުގައި ދީނީ ސަބަބުތައް ކަމަށް ބުނެ ވެކްސިނާ ދެކޮޅަށް ދޮގު މަޢުލޫމާތު ފެތުރުމާއި، ޕޯލިއޯ ޓީމުތަކަށް އަމާޒުކޮށް ހަމަލާދިނުން ޕާކިސްތާންގައި ވަނީ އާންމުވެފައެވެ. އިއްޔެވެސް ކޭޕީ ސަރަހައްދުގެ މައްޓާ ތަހުސީލްގައި ޕޯލިއޯ ޓީމެއް ހިމާޔަތްކުރުމަށް ހުރި މުވައްޒަފެއް ވަނީ މަރާލެވިފައެވެ.

ހިއްސާ ކުރައްވާ!