ސައޫދީގެ އިންވެސްޓްމެންޓަށް ޕާކިސްތާނުން މަޝްވަރާކޮށްފި

ވޮޝިންޓަނަށް އައިއެމްއެފްގެ ބައްދަލު ވުމަކަށް ވަޑައިގެން އުޅުއްވާ ޕާކިސްތާންގެ މ،ާލީ ވަޒީރު މުހައްމަދު އައުރަނގަޒޭބު ވަނީ، ސައޫލީ މާލީ ވަޒީރު މުހައްމަދު އަލްޖަދުއާންއާއެކު އިންވެސްޓްމެންޓާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ. އައުރަނގަޒޭބު ވަނީ ޕާކިސްތާނުން ސަރުކާރު ކުންފުނިތައް ވިއްކައިގެން އިގްތިސާދަށް ފައިސާ ހޯދުމަށް ކުރާ މަސައްކަތަށް އަލިއަޅުވާ ލައްވާފައެވެ. އަދި ޕާކިސްތާނުގެ ބަނދަރުތަކާއި އެއާޕޯޓާއި ގައުމި އެއާލައިން ވިއްކާލުމަށް ނިންމާފައިވާތީ އެކަމުގެ މައުލޫމާތުވެސް ދެއްވާފައެވެ.

ޕާކިސްތާންގެ ގައުމި އެއާރލައިން ވިއްކާލުމަށް 3 ފަހަރަށް މަސައްކަތް ކުރުމުން ވެސް އެދެވޭ ގޮތަކަށް އިޖާބައެއް ދީފައެއް ނުވެއެވެ. އެކުންފުންޏަށް ގެއްލުން ވަމުން ދިއުމާއެކު ބަނގުރޫޓު ވާން ކައިރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އައުރަނގަޒޭބު ވިދާޅުވަނީ އަންނަ ނޮވެމްބަރު ނިމުމުގެ ކުރިން އެ ކުންފުނި ގަންނާނެ ފަރާތެއް ލިބޭނެ ކަމަށެވެ.

ޕާކިސްތާނަށް ދިމާވެފައިވާ މޫސުމީ ސިލްސިލާ ކާރިސާއާއި ސިޔާސީ ހަލަބޮލިކަމާއެކު އިގްތިސާދު ވަނީ ނުއަތު ބުރެ އަޅާފައެވެ. މިހާރު ޕާކިސްތާންގެ އިގްތިސާދަށް ދިރުމެއް ލިބިފައި ވަނީ އައިއެމްއެފްއިން ދީފައިވާ ލޯން ތަކުންނެވެ.

ޕާކިސްތާނުން ދަނީ އެހީ ސިންދަފާތު ކުރުމަށްޓަކައި ސައޫދީއާ އެމެރިކާއާއެކު އިންވެސްޓްމެންޓާއި ވިޔަފާރީގެ މަޝްވަރާތައް ކުރަމުންނެވެ.

ހިއްސާ ކުރައްވާ!