މިސްރުގެ ޖާސޫސީ އިދާރާގެ ވެރިޔާ ހަސަން ރަޝާދު ވަނީ ޖެނޮސައިޑް މޭސްތިރި ނަތަންޔާހޫއާއެކު އިސްރައީލުގައި މަޝްވަރާތައް ބާއްވާފައެވެ.
ނަތަންޔާހު އޮފީހުގައި ބޭއްވި ބައްދަލު ކުރުމުގައި ޖެނޮސައިޑް ހުއްޓާލާފައި ބެއްވުމާއި މިސްރާއި ޔަހޫދީ ދައުލަތުގެ ގުޅުމާއި ދެގައުމުގެ ދެމެދުގެ ސުލްހަ ދެމެހެއްޓުމާއި ސަރަހައްދީ މައްސަލައާ މެދު މަޝްވަރާ ކުރުން ހިމެނެއެވެ.
މިސްރުގެ ސީސީ ސަރުކާރަކީ ޖެނޮސައިޑްގެ ތެރޭގައި އެއްވެސް ގޮތަކަށް ފަލަސްޠީނަށް ތާއީދުކޮށް ޝިއާރުތައް ގޮވުން މަނާކޮށްފައި ބޭއްވި ސަރުކާރެކެވެ.





