ސާބިޔާގެ ޕާލަމެންޓް ބޭރުގައި ބަޑިން ހަމަލަ ދީފި

ސާބިޔާގެ ޕާލަމެންޓްގެ ބޭރުގައި ހިންގާފައިވާ ބަޑި ޖެހުމުގެ ހާދިސާއަކީ ސިޔާސީ މަޤްޞަދުތަކެއް ހިމެނޭ ޓެރަރިސްޓް ޢަމަލެއް ކަމަށް ސާބިއާގެ ރައީސް އަލެކްސަންޑަރ ވޫޗިޗް ސިފަކުރައްވައިފިއެވެ. ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ރައީސް ވޫޗިޗް ހާމަކުރެއްވި ގޮތުގައި، މި ހަމާލަގައި ހައްޔަރުކޮށްފައިވަނީ ކުރިން ދައުލަތުގެ ސަލާމަތީ ކަންކަމުގައި އުޅުނު މުވައްޒަފެކެވެ. މި ހަމަލާގެ މަޤްޞަދަކީ ޢާންމުންގެ ތެރޭގައި ބިރުވެރިކަން އުފައްދައި، ޤައުމުގެ ހަމަޖެހުން ނަގާލުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، މި ހަމަލާ ދީފައި ވަނީ ޕާލަމެންޓްގެ ބޭރުގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ޤާއިމުކޮށްފައިވާ ވަގުތީ ފޭލިގެތައް ކައިރީގައެވެ. މި ފޭލި ގެތަކަކީ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ކުރާ އިހުތިޖާޖުގައި ގާއިމް ކުރި ފޭލި ގެތަކަށް ރައްދު ދިނުމުގެ ގޮތުން ސަރުކާރަށް ތާއީދު ކުރާ މީހުން ޖެހި ފޭލިގެތަކެކެވެ.

މި ހާދިސާގައި އެކަކު ޒަޚަމްވި ކަމަށްވެސް ރިޕޯޓުކޮށްފައި ވެއެވެ.

 

ހިއްސާ ކުރައްވާ!