މިސިސިޕީގެ ލީލަންޑްގައި ހައި ސްކޫލް ފުޓްބޯޅަ މެޗެއް ނިމުމަށްފަހު ސްކޫލެއްގެ ކައރީގައި ބަޑި ޖަހައިގެން 4 މީހުން މަރާލައިފިއެވެ. އަދި މ،ި ހާދިސާގައި 12 މީހަކު ޒަޚަމް ވެއްޖެއެވެ. ޒަޚަމްވި މީހުންގެ ތެރެއިން 4 މީހުންގެ ހާލަތު ނުރައްކާ ކަމަށް ފުލުހުން ބުނެއެވެ. މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެވެއެވެ. ފުލުހުން ވަނީ 18 އަހަރުގެ ޒުވާނަކާ ސުވާލުކުރަން ހޯދާކަމަށް ބުނެފައެވެ.
ފުޓްބޯޅަ މެޗް ބޭއްވި ސަރަހައްދު ކައިރީގައި ހަމަނުޖެހުން ހިނގާފައިވާ ކަމަށާއި މި ހާދިސާގެ ތަފްސީލްތައް އަދިވެސް އެއްކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅޭ މަޢުލޫމާތު އެނގޭ ފަރާތްތަކުން ފުލުހުންނަށް އެ މަޢުލޫމާތު ހިއްސާކުރުމަށް ވެސް އެދިފައިވެއެވެ.






