ޕާކިސްތާނުގެ އިގްތިސާދު ހީވަރުވުމުން ބައެއް ކުންފުނިތައް ބޭރުވެއްޖެ: މާލީ ވަޒީރު

ޕާކިސްތާންގެ އިގްތިސާދު ހީނަރުވުމުގެ ސަބަބުން ބައެއ ކުންފުނިތައް ޕާކިސްތާން ދޫކޮށް ދިޔަ ކަމަށާއި އެކަމުން އިގްތިސާދަށް ނޭދެވޭ އަސަރުކުރިކަމަށް ޕާކިސްތާންގެ މާލީ ވަޒީރު މުހައްމަދު އައުރަނގަޒޭބު ވިދާޅުވެއެވެ. ޕާކިސްތާނުން ވަނީ އިގްތިސާދަށް ދިރުމެއް ގެނައުމުގެ ގޮތުން އައިއެމްއެފުން ހުށަހެޅި ޝަރުތުތައް ގަބޫލުކޮށް އިސްލާހީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޓެކްސް އާމްދަނީ އިތުރު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކޮށްފައި ވެއެވެ. ޕާކިސްތާންގައި ބޭރުގެ އިންވެސްޓަރުންނަށް ޑޮލަރު ނުލިބުމާއި އެމީހުންނަށް ސަރުކާރުން ދޭންވާ ފައިސާ ނުދިނުމުގެ ސަބަބުން ބޭރުވާން މަޖުބުރު ވިއެވެ. 

ބޭރުގެ ފަރާތްތަކަށް ދޭން ހުރި 4 ބިލިއަން ޑޮލަރުގެ ފައިސާ މިހާރު ދެމުންދާ ކަމަށް އައުރަނގަޒޭބު ވިދާޅުވިއެވެ. ޕާކިސްތާނަށް ދިމާވި ސިލްސިލާ މުސުމީ ކާރިސާތަކާއެކު ކުރިން ޖީޑީޕީ ކުރިއެރުން 4.2% އަށް ލަފާކުރެވުނު ނަމަވެސް، މިހާރު 0.4 އާއި 0.5 ޕަސެންޓް ޕޮއިންޓް އުނިވާނެކަމަށް ލަފާކޮސްފައި ވެއެވެ. ޕާކިސްތާނުގައި އެންމެ ބޮޑު ހީނަރުކަމެއް އައިސްފައި ވަނީ ޕަންޖާބުގެ ދަނޑުވެރިންނަށެވެ، އަދި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ މޫސުމަށް އެކަށޭނަ ތައްޔާރީތައް ހެދުމަށް 300 ދުވަހުގެ ޕްލޭނެއް ތައްޔާރުކުރުމަށް ކްލައިމެޓް ޗޭންޖް މިނިސްޓަރު މުސައްދިގް މާލިކަށް އިރުޝާދު ދެއްވާފައިކަމަށްވެސް އައުރަނގްޒޭބު ވިދާޅުވިއެވެ. މިއީ ކުރިއަތް އޮތް މޫސުމީ ވާރޭ އާދަޔާ ޚިލާފަށް ދެ ހަފްތާ ކުރިން އަތުވެދާނެކަމަށް ލަފާކުރެވޭތީއެވެ.

އައިއެމްއެފްގެ ފިއްތުންތަކާއެކު ޕާކިސްތާނުން ޓެކްސް ނަގާ މިންވަރު ސައްތައިންސައްތައަށް އިތުރު ކޮށްފައި ވެއެވެ. އަދި އިތުރަށް ހަކުރާއި، ސިމެންތި، އަދި ދުންފަތުގެ އިސްތިޢުމާލުގެ ސިނާޢަތްތަކުން ޓެކްސް ނެގުމަށް ސަރުކާރުން ވިސްނާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގައި ކާނާ ރައްކާކޮށްގެން އެއިން ވަގު ވިޔަފާރި ކުރަމުން ދިއުން ކޮންޓްރޯލު ކުރުމުގެ ގޮތުން ގޮދަނާއި ހަކުރުގެ އަގުތައް ޑިރެގިއުލޭޓް ކުރުމަށްވެސް ސަރުކާރުން ވިސްނައެވެ. އަދި، 2026 ވަނަ އަހަރު ގޮދަން ޑިރެގިއުލޭޓް ކުރާއިރު ޕްރޮވިންސްތަކުގެ މެދުގައި ގޮދަން އުފުލުމުގެ ވަގު ވިޔަފާރި ނިމުމަކަށްވެސް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ހިއްސާ ކުރައްވާ!