ބަލޫޗުންގެ މަޝްހޫރު ދީނީ އަދި ސިޔާސީ ޝަޚްސިއްޔަތެއް ކަމަށްވާ މުއްލާ ކަމާލް ސަލާހްޒާއީ ވަނީ އިރާނުގެ އިރާންޝަހަރުގައި ބަޑިޖަހައި އަވަހާރަކޮށްލާފައެވެ. މިއީ ބަލޫޗީންނާ ދެކޮޅަށް މި ފަހަކަށް އައިސް އިތުރު ވެފައިވާ ހަމަލަތަކުގެ ހާދިސާތަކުގެ ތެރެއިން ހާދިސާއެކެވެ. ޕާކިސްތާން ސިފައިން ބަލޫޗިސްތާންގައި ހިންގަމުން ގެންދާ ހަމަލަތައް ކުށްވެރިކޮށް އިނގިރޭސިވިލާތުގައި ބަލޫޗީން ވަނީ މުޒާހަރާއެއް ކުރިއަށް ގެންގޮސްފައެވެ.
މުއްލާ ސަލާހްޒާއީ އަވަހާރަ ކޮށްލި ހާދިސާގެ ސަބަބުން ބަލޫޗު ޖަމާއަތްތަކުން ވަނީ ކަން ބޮޑުވުން ފާޅުކޮށްފައެވެ. އަދި ބަލޫޗީން ދަނީ މި ހަމަލާގެ ފަހަތުގައިވާ މަޤްޞަދުތަކާއި ޖަރީމާ ހިންގި ފަރާތްތައް ހޯދުމަށް ހާމަކަންބޮޑު ތަޙްޤީގެއް ހިންގުމަށް ގޮވާލާފައެވެ.
ބަލޫޗިސްތާނަކީ ޕާކސިްތާންގައި ހަމަނުޖެހުން ބޮޑު ސަރަހައްދެކެވެ. ބަލޫޗީންގެ ޖަމާއަތްތަކުން އެސަރަހައްދުގައި ބާޣީ ހަރަކާތެއްވެސް ހިންގަމުން ގެންދެއެވެ.





