އިންޑިއާގެ މަޝްހޫރު އިލްމުވެރިއެއް ކަމަށްވާ މައުލާނާ ޤާރީ އިސްޙާޤު ގޯރާ ވިދާޅުވަނީ ޕާކިސްތާނުގެ ޓީވީ ސިލްސިލާތަކަކީ އިންޑިއާގައި ވަރިއށް މަގުފަހި ކޮށްދޭ ސިލްސިލާތަކެއް ކަމަށެވެ. ސަހާރަންޕުރުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައި ވަނީ މި ސިލްސިލާތަކަކީ އިންޑިއާގެ މުސްލިމުންގެ ތެރޭގައި ވަރި ގިނަވުމާއި އާއިލީ ގުޅުންތައް ހީނަރުވުމުގެ މައިގަނޑު ސަބަބު ކަމުގައެވެ. މައުލާނާ ޤާރީ އިސްޙާޤު ގޯރާ،ވިދާޅުވީ މިއީ މުސްލިމުންގެ މެދުގައި "ވިހަ ފަތުރާ" އެއްޗެއް ކަމަށެވެ. ޕާކިސްތާނުގެ ޗެނަލްތައް އިންޑިއާގައި މަނާކޮށްފައިވީ ނަމަވެސް، އިންޑިއާގެ ބައެއް ބެލުންތެރިންގެ މެދުގައި މި ސިލްސިލާތައް މަޤްބޫލުކަން ހޯދާފައިވެއެވެ. އެއީ އޭގެ އަބުއި މާތް ދިރިއުޅުމާއި ފަށުއި އިބާރާތްތަކުގެ ރީތިކަމުންނެވެ.ނަމަވެސް މއީ، އާއިލީ ދިރިއުޅުމަށް ނޭދެވޭ މަންޒަރުތައް ދައްކައިދީ، އިޖްތިމާޢީ ފޭރާން ދޭސީ ކޮށްލާ އެއްޗެއް ކަމަށް މައުލާނާ ވިދާޅުވިއެވެ.
މައުލާނާގެ ފާޑު ވިދާޅުވުމުގެ މައިގަނޑު ނުކުތާތަކުގެ ތެރޭގައި، ޕާކިސްތާނުގެ ޑްރާމާތަކުން ދައްކާ ނޭދެވޭ މަންޒަރުތައް ހިމެނެއެވެ. ޚާއްސަކޮށް، އޭނާ ވަނީ ސާސް-ބަހޫ (މައިދައިތަ އާއި ޅީދަރި) އާ ދެމެދު ހިނގާ ދެބަސްވުންތަކާއި، ފިރިހެނުންނަކީ އަނިޔާވެރިންގެ ގޮތުގައި ދެއްކުމާއި، އަންހެނުންނަކީ ނިކަމެތި ބަޔެއްގެ ގޮތުގައި މި ސިލްސިލާތަކުގައި ދައްކާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިފަދަ ގޮތަކަށް މުޖުތަމައު ސިފަ ކޮށްދިނުމުން ހަޤީޤީ ގުޅުންތައް އޮޅުވާލައި، އާއިލާތަކުގެ ތެރޭގައި އިތުބާރު ގެއްލޭ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި ޝޯތަކުގެ ނުފޫޒުގެ ސަބަބުން އިންޑިއާގެ މުސްލިމުންގެ ތެރޭގައި ގެވެށި އަނިޔާ ވެރިކަމާއި އާއި ވަރީގެ މައްސަލަތައް އިތުރުވަމުންދެއެވެ. "ޓެލެވިޜަން ސިލްސިލާތަކުން އަޅުގަނޑުމެންގެ ގެވެހި ވެށްޓަށް ވިހަ ފަތުރާފައިވަނީ،" މައުލާނާ ވިދާޅުވިއެވެ. އަދި އޭނާ ވަނީ މުސްލިމް އަންހެނުން މިފަދަ ކޮންޓެންޓް ބެލުން ހުއްޓާލުމަށް ނަސޭހަތްތެރިވެފައެވެ. އަދި އޭނާ ވަނީ މުޖުތަމައުގެ އަފްރާދުން އިސްލާމީ އުޞޫލުތަކާއި އަޚްލާޤަށް އެނބުރި ރުޖޫޢަވުމަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ ޢާއިލާތަކަށް އަމާންކަމާއި ލޯބި އަނބުރާ ގެނައުމަށްޓަކައި ޤުރުއާނުގެ އަލީގައި ދިރިއުން ބައްޓަކޮށް އިސްލާމީ އަޚްލާޤަށް ރުޖޫޢަވުން މުހިންމު ކަމަށެވެ.






