ކުއެޓާ ކައިރީ ޕިކްނިކް ސައިޓަކަށް ދިން ޑްރޯން ހަމަލާއެއްގައި އާންމުންނަށް އަނިޔާވެ، އިންޓަނެޓް ކަނޑާލައިފި

ޕާކިސްތާނުގެ ކުއެޓާ ކައިރީގައި ހުންނަ ޕިކްނިކް ސައިޓަކަށް ދިން ޑްރޯން ހަމަލާއެއްގައި ގިނަ އަދަދެއްގެ އާންމުންނަށް އަނިޔާވެ، އެކަމާ ގުޅިގެން މުޒާހަރާތައް ފެށިގެން ދއުމުން، އެ ސަރަހައްދުގެ އިންޓަނެޓްގެ ޚިދުމަތްތައް ހުއްޓާލުމަށް ސަލާމަތީ ބާރުތަކުން ނިންމައިފިއެވެ.

މި ހަމަލާ ދީފައި ވަނީ އާންމު ރައްޔިތުންނަށް އަމާޒުކޮށްގެންނެވެ. މި ހާދިސާއާ ގުޅިގެން ރައްޔިތުން ވަނީ ރުޅިވެރިކަން ފާޅުކޮށް މުޒާހަރާއަށް ނިކުމެފައެވެ.

ދަ ބަލޫޗިސްތާން ޕޯސްޓް ގައި ރިޕޯޓުކޮށްފައިވާ ގޮތުން، މި ހަމަލާގެ ސަބަބުން ރަށްވެހިންގެ މެދުގައި ވަރަށް ބޮޑު ހިތްހަމަނުޖެހުމެއް އުފެދިފައިވެއެވެ. އަދި މި ހަމަލައަށް ފަހު ވަގުތުން ސަލާމަތީ ބާރުތަކުން ވަނީ ސަރަހައްދުގައި ފާރަވެރިކަން ވަރުގަދަކޮށްފައެވެ. ނަމަވެސް، މި ޑްރޯން ހަމަލާގެ ސަބަބެއް ނުވަތަ އެ ހަމަލާ ދިނީ ކޮން ބަޔެއްކަން ރަސްމީ ފަރާތްތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ސަރުކާރުގެ ފަރާތުން އިންޓަނެޓްގެ ޚިދުމަތްތައް ވަގުތީ ގޮތުން ހުއްޓާލާފައިވަނީ ހަމަނުޖެހުންތައް އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. މި ހާދިސާއާ ގުޅިގެން ކުއެޓާ އާއި އޭގެ ވަށައިގެންވާ ޑިސްޓްރިކްޓްތަކުގައި ނުތަނަވަސްކަން ފެތުރިފައިޥާ ކަމަށް ޚަބަރުތައް ބުނެއެވެ.

ހިއްސާ ކުރައްވާ!