ޕާކިސްތާނުގެ ޗީފް މިނިސްޓަރ މަރްޔަމް ނަވާޒްގެ ފިރިކަލުންނަށް ފާޑުކިޔުންތައް އަމާޒުވެއްޖެ

ޕާކިސްތާނުގެ ޕަންޖާބުގެ ޗީފް މިނިސްޓަރު މަރްޔަމް ނަވާޒްގެ ފިރިކަލުން މުޙައްމަދު ސަފްދަރު އަވާން، ބައިމަދު އަޙްމަދީންނާ ދެކޮޅަށް 2017 ވަނަ އަހަރު ދެއްކެވި ވާހަކަފުޅެއްގެ ވީޑިއޯއެއް އޮންލައިންކޮށް އަލުން ފެންމަތިވުމާ ގުޅިގެން، އެކަމަނާއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. މި ވީޑިއޯ ފެންމަތިވުމާއެކު، ހަރުކަށި ފިކުރުގެ ބަސްތަކެއް ވިދާށޅުވެފައިޗާ ކަމަށް ބުނެ  ސަރުކާރުން ދެފުށް ދެގޮތަށް އަމަލުކުރާ ކަމަށް ބުނެ، މަރްޔަމް ނަވާޒްގެ މައްޗަށް ފިއްތުންތައް ބޮޑުކޮށްފައި ވެއެވެ.

ކުރީގެ ސިފައިންގެ އޮފިސަރެއް ކަމަށްވާ ސަފްދަރު ވީޑިއޯ ކްލިޕްގައި، ފެނިގެންދަނީ ލާހޯރުގައި ތިބި އޭނާގެ ސަޕޯޓަރުންނާ ދެއްކެވި ވާހަކައެއްގައި މުމްތާޒް ޤާދްރީ ފަދަ މީހުން އިތުރަށް އުފައްދަން ޖެހޭ ކަމަށް ގޮވާލައްވާ މަންޒަރެވެ. މުމްތާޒް ޤާދްރީއަކީ 2011 ވަނަ އަހަރު ޕަންޖާބުގެ ގަވަރުނަރު ސަލްމާން ތާސީރު އަވަހާރަކޮށްލި މީހާއެވެ. ތާސީރު ވަނީ ދީނަށް ފުރައްސާރަ ކުރުމަށް ތުހުމަތު ކުރެވުނު އަންހެނަކު ދިފާޢު ކޮށްފައެވެ. އެހެންވެ ގާދިރީ އޭނާ އަވަހާރަކޮށްލީއެވެ. މި ވާހަކަތަކަކީ އަޙްމަދީންނާ ދެކޮޅަށް ހަރުކަށި ފިކުރު ފަތުރާ ވާހަކަތަކެއް ކަމަށް ގިނަ ބަޔަކު ވަނީ ސިފަ ކޮށްފައެވެ.

މި ވީޑިއޯ އާންމުކޮށްފައިވަނީ އިމްރާން ޚާންގެ ޕާޓީ ޕާކިސްތާން ތެހްރީކޭ އިންސާފް (ޕީޓީއައި) ގެ ލީޑަރު ޖިބްރާން ނާސިރުއެވެ. މިއީ ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) ސަރުކާރުން، ބައިމަދު އަޙްމަދީންނާ ދެކޮޅަށް ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ޕާޓީއެއް ކަމަށްވާ ތަޙްރީކޭ ލައްބައިކަ ޕާކިސްތާން (ޓީއެލްޕީ) މަނާކުރުމަށްފަހު ސަރުކާރުގެ ދެ ފުށް ދެގޮތް ކަން ދައްކްން އާންމުކޮށްފައިވާ ވީޑިއޯއެކެވެ.

ޓީއެލްޕީ އަކީ އަޙްމަދީންނާ ދެކޮޅަށް އުފައްދާފައިވާ ޕާޓީއެކެވެ. މިވީޑިއޯއާ ހެދި އާންމުން ވަނީ މަރްޔަމް ނަވާޒްގެ ފިރިކަލުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!