ޖެން ޒީ އިން ނިކުމެ ޕާކިސްތާންގެ ކަޝްމީރުގައި މުޒާހަރާކޮށްފި

ޕާކިސްތާނުގެ ދަށުގައިވާ ކަޝްމީރުގައި ބުރާސްފަތި ދުވަހު ދަރިވަރުން އިސްވެ މުޒާހަރާތައް ފުޅާވެ، ސަލާމަތީ ބާރުތަކާ އެކު ވަރުގަދަ ހަމަނުޖެހުންތަކެއް ހިނގައިފި އެވެ. ޖެން ޒީގެ އެކްޓިވިސްޓުން ގިނައިން ބައިވެރިވެފައިވާ މި ހަމަނުޖެހުންތަކުގެ ސަބަބުން ޝަރީފް ސަރުކާރުން އިގްތިސާދީ އަދި އިޖުތިމާއީ މައްސަލަތައް މެނޭޖުކުރުމާ މެދު އިތުރު ވަމުން އަންނަ މާޔޫސްކަން ދައްކުވައިދޭ ކަމަށް އިންޑިއާ ޓުޑޭގެ ރިޕޯޓްތައް ބުނެ އެވެ.

މުޒާހަރާގެ ޒުވާން ބައިވެރިން ވަނީ ސަރުކާރު ޖަވާބުދާރީވުމަށާއި އިސްލާހުތައް ހުށަހެޅުމަށް ޑިމާންޑް ކޮށްފައެވެ. މި މުޒާހަރާތަކުގައި ހަމަނުޖެހުންވެސް ހިނގިއެވެ. އޮށް ގަލުން ހަމަލާދިނުމާއި މަގު ބަންދުކުރުމާއި ފުލުހުންނާ ކުރިމަތިލުންތަކުގެ މަންޒަރުތައް ހިނގާފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުނެފައި ވެއެވެ. ބައެއް މީހުންނަށް އަނިޔާވި ނަމަވެސް ރަސްމީ ކޮށް އަދަދުތައް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މި މުޒާހަރާތަކުން ދައްކައި ދެނީ ވަޒީފާ ނެތުމާއި، އިންފްލޭޝަން އަދި އިންފްރާސްޓްރަކްޗާ ގާއިމްވެފައި ނެތުމުން ޒުވާން ރައްޔިތުން އާންމުކޮށް އަޑުއުފުލާ ކަމާއި ޕާކިސްތާންގެ ކަޝްމީރުގައި ސިޔާސީ އެކްޓިވިޒަމްގެ ޖީލު ބަދަލުވަމުންދާ މަންޒަރެވެ. "އަހަރެމެންނަކީ މުސްތަގުބަލު، އަދި އަޅާނުލާ ތިބުމަށް އަހަރެމެން ދެކޮޅު ހަދަން،" މުޒާހަރާގެ ބައިވެރިއަކު ކަމަށްވާ ދަރިވަރަކު ބުންޏެވެ.

ހިއްސާ ކުރައްވާ!