އިނގިރޭސި ސަރުކާރުން އޮޅިގެން 91 ގައިދީން ދޫކޮށްލައިފި!

އިނގިރޭސި ސަރުކާރަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެއްޖެއެވެ. އެއީ 90 އަށް ވުރެ ގިނަ ގައިދީން، އޮޅުމަކުން އެކި ހާދިސާތަކުގައި ދޫކޮށްލާފައިވާތީއެވެ. އިނގިރޭސިވިލާތުގެ ޖަސްޓިސް މިނިސްޓްރީން ހާމަކުރި އާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އޭޕްރީލް މަހާއި އޮކްޓޯބަރު މަހާ ދެމެދު 91 ގައިދީން ވަނީ އޮޅުމަކުން ދޫކޮށްލާފައެވެ.

އިނގިރޭސި މީޑިއާ ރިޕޯޓުކުރާ ގޮތުގައި، މިކަމާ ގުޅިގެން ވަޒީރުންނަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެފައިވެއެވެ. އަދި އޮޅުމަކުން ދޫކޮށްލެވުނު ގައިދީން ހޯދުމަށް ގިނަ ސެކިއުރިޓީ އޮޕަރޭޝަންތައް ވަނީ ހިންގާފައެވެ.

ޖަސްޓިސް މިނިސްޓަރ ޑޭވިޑް ލެމީ ވަނީ އެމައްސަލާގައި "މާފަށް އެދިވަޑައިގެން" ފައެވެ. މިހާރު އިނގިރޭސި ސަރުކާރުން ވަނީ ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ފިޔަވަޅުތަކެއް އިއުލާނުކޮށް، އޮޅިގެން ދޫކޮށްލެވުނު މީހުންގެ މައްސަލަތައް މިނިވަންކޮށް ތަހުގީގު ކުރަން ފަށާފައެވެ.

އިނގިރޭސިވިލާތުގައި އޮޅިގެން ގައިދީން ޖަލުން ދޫކޮށްލުމަކީ އާންމުކޮށް ހިނގާ ކަމެކެވެ.

މިދިޔަ އަހަރުގެ މާރޗް މަހުން ފެށިގެން މި އަހަރުގެ މާރޗް މަހާ ދެމެދު އެފަދަ 262 މައްސަލަ ރެކޯޑު ކުރެވިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ 115 މައްސަލައާ އަޅާބަލާއިރު 128 އިންސައްތައިގެ އިތުރުވުމެކެވެ.

އޮޅިގެން ދޫކޮށްލެވުނު ގައިދީންގެ ތެރެއިން 87 ގައިދީންގެ ކުށްތަކަކީ މީހުންނަށް އަނިޔާކުރުމާ ގުޅުންހުރި ކުށްތަކެވެ. އަދި 3 ގައިދީންނަކީ ޖިންސީ ކުށްތަކަށް ކުށްފައިވާ މީހުންނެވެ.

ހިއްސާ ކުރައްވާ!