ޕާކިސްތާންގެ ފައިސަލާބާދުގެ މަލިކުޕޫރު ސަރަހައްދު ކައިރީގައި ހުންނަ ފެކްޓްރީއެއްގައި ގޭސް ގޮވުމެއްގެ ސަބަބުން ހުކުރު ދުވަހު 15 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ކޮމިޝަނަރު އޮފީހުން ނެރުނު ބަޔާނެއްގައިވެ އެވެ. އެހީ ދޭފަރާތްތަކުން ބުނީ ފެކްޓްރީގެ ބޮއިލަރުު ގޮވައިގެން އިމާރާތާއި އެތާ ކައިރީގައި ހުރި ތަންތަން ވެއްޓިފައި ވާ ކަމަށެވެ. ނަމަވެސް ރެސްކިއު ސާވިސް އިން ފަހުން ބުނީ އެ ގޮވުން ގުޅިފައި ވަނީ ގޭސް ލީކުވުމާ ގުޅިގެން ކަމަށެވެ.
އަލިފާނުގެ ސަބަބުން އެ ސަރަހައްދުގެ ހަތް ގެއަކަށް ވެސް އަސަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.





