ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ތަކައިޗީގެ ޚާރިޖީ ސިޔާސަތު

ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ތަކައިޗީ ވަނީ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ފަހުން ވަރުގަދަ ޚާރިޖީ ސިޔާސަތެއް ހިންގަވަން ފަށްޓަވާފައެވެ. މި ސިޔާސަތުގައި ތައިވާނަށް ސަޕޯޓު ކުރުމަށް ސާބިތު މަޤާމުތަކެއް ދައްކުވައި، އެމެރިކާއާ ގާތުން ގުޅުން ބަދަހިކޮށް، އަދި އިންޑިއާ-ޖަޕާންގެ އެއްބާރުލުން އިތުރަށް ވަރުގަދަ ކުރުމަށް އަމާޒު ހިފާފައި ވެއެވެ. މި ކަމާ ގުޅިގެން ޖަޕާނުގެ ޚާރިޖީ ސިޔާސަތޔުގެ ތަޖުރިބާކާރު ޑރ. ސަތޯރު ނަގާއޯ ދެއްވި އިންޓަވިއުއެއްގައި އަންނަނިވި ނުކުތާތައް ފާހަގަކުރައްވައެވެ.

ތަކައިޗީ ވެރިކަމަށް ވަޑައިގަތީ 2025 ވަނަ އަހަރު ލިބެރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އަށް އިންތިޚާބީ ނާކާމިޔާބީތަކެއް ކުރިމަތިވުމާ ގުޅިގެން ޝިގޭރޫ އިޝިބާ އިސްތިއުފާ ދެއްވުމުންނެވެ.
އޭނާ އަކީ ކުރޫީގެ ބޮޑު ވަޒީރު އާބޭގެ ވަރަށް ގާތް ބޭފުޅެކެވެ. ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ މަހުގެ ތެރޭގައި ވެސް ތަކައިޗީ ވަނީ ގިނަ ޤައުމުތަކަށް ދަތުރުކުރައްވާފައެވެ.
މިއީ އަބޭގެ ފަދައިން ވަރަށް ހަރަކާތްތެރި ޑިޕްލޮމެޓިކް ސްޓައިލެއްކަން ފާހަގަ ކުރެވެއެވެ. އޭނާ ވަނީ ޖަޕާނުގެ ދިފާޢީ ބަޖެޓު ޖީޑީޕީގެ 2 އިންސައްތައަށް ބަދަލު ކުރައްވާފައެވެ. މިއީ އެމެރިކާގެ ޑިމާންޑްތަކާ އެއްގޮތަށް ބާރުތައް ބަހާލުމުގެ މަސައްކަތެކެވެ.

ތައިވާނުގެ މައްސަލައާ ގުޅޭގޮތުން ތަކައިޗީ ވަނީ ތައިވާނުގައި ކާރިސާއެއް ހިނގައިފިނަމަ އެއީ ޖަޕާނަށް "ދިރި އޮތުމަށް ނުރައްކާވާނެ" ކަމެއް ކަމަށް ވިދާޅުވެފައެވެ.
އަދި އެމެރިކާގެ އޮޕަރޭޝަންތަކަށް އެހީތެރިވުމުގެ މުހިންމުކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.
ކުރީގެ ލީޑަރުން ތައިވާނުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ސީދާ ބަސް ވިދާޅުވުމުން ދުރުހެލިވެ ވަޑައިގެންފައިވާއިރު، ތަކައިޗީގެ މި ވާހަކަފުޅުތަކަކީ އައިސްފައިވާ މުހިންމު ބަދަލެކެވެ.
ޗައިނާއިން ވަނީ ޖަޕާނުގެ މި އައު ބަދަލަށް ވަރަށް ހަރުކަށިކޮށް ރައްދުދީ، އަސްކަރީ ގޮތުން ޖަޕާނުން ތައިވާންގެ ކަމެއްގައި ބެހުމާ މެދު އިންޒާރުދީފައެވެ.
އަދި އޮކިނާވާގެ ސިޔާދަތާ މެދު ވެސް ޖަޕާނުން ވަނީ ސުވާލު އުފައްދާފައިވެއެވެ.

އޮކިނާވާއަކީ ވަކި ރަސްކަމެއްގެ ދަށުން، ޖަޕާނު ނަސްލަށް ނިސްބަތް ނުވާ ބަޔަކު ވެރިކަން ކުރަމުން ދަނިކޮށް ޓޯކިޔޯ އިން އެރަސްކަން އުވާލައި އެތަން ހިފައި ޖަޕާނުގެ ބައެއް ކަމަށް ހަދާފައިވާ ތަނެކެވެ. އަދި އެމެރިކާ ސިފައިންނަށް މިތާގައި އެމީހުންގެ އަސްކަރީ މަރުކަޒު ހެދުމަށް ފުރުސަތު ދީ ޓޯކިޔޯ ވަނީ ނަސްލީ ގޮތުން އެތާގެ މީހުން ޖަޕާނާ މައްސަުނި ކުރުމަށް މަސައްކަތް ފަށާފައެވެ.

ތަޙުލީލުކުރާ ފަރާތްތަކުން ބުނާގޮތުގައި ޗައިނާގެ ޖަޕާނާ ދެކޮޅު ސިޔާސަތުތަކަކީ އާ ސަރުކާރު އިމްތިޙާނުކުރުމުގެ ގޮތުން ހިންގާ އަޖުމަ ބެލުމެއް ކަމަށެވެ.
ޖަޕާނުގެ ޢާންމު ރައްޔިތުންގެ ތެރެއިން 70-75 ޕަސެންޓް މީހުން ތަކައިޗީގެ މި ސިޔާސަތަށް ތާއީދުކުރެއެވެ.

އެމެރިކާއާއި އެކުވެރި ޤައުމުތަކުން ވަނީ ޖަޕާނަށް ވަރުގަދަ ތާއީދެއް ފޯރުކޮށްދީފައެވެ.
ޖަޕާނަށް ހުންނަ އެމެރިކާގެ ސަފީރު ވަނީ ޗައިނާގެ ރައްދުތަކަކީ ޖަޕާނަށް ފިއްތާލުމުގެ ޢަމަލުތަކެއް ކަމަށް ސިފަކުރައްވާފައެވެ.
އަދި ރައީސް ޓްރަމްޕް ވެސް ވަނީ ހަމަޖެހުން ގެނައުމަށްޓަކައި ޝީ ޖިންޕިންގ އަދި ތަކައިޗީއާ ވެސް ސީދާ ގުޅުއްވާފައެވެ.
އޮސްޓްރޭލިއާއިން ވެސް ޖަޕާނުގެ ސިޔާސަތަށް މަޤާމަށް މަރުޙަބާ ކިޔާފައިވެއެވެ.

ޑރ. ނަގާއޯ ވަނީ އިންޑޯ-ޕެސިފިކް ސަރަޙައްދުގެ ހަމަޖެހުމަށް އިންޑިއާގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ޖަޕާނާއި އިންޑިއާގެ ދިފާޢީ އެއްބާރުލުން ކުރިއަރަމުންދާއިރު، ތަކައިޗީ ވެސް އާބޭ ގެންގުޅުއްވި އިންޑިއާއާ ގާތް ގުޅުން ބަދަހިކުރުމުގެ ސިޔާސަތު ކުރިއަށް ގެންދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ބެލެވެއެވެ.
މި ދެ ޤައުމުގެ އެއްބާރުލުން އިތުރުވެގެންދާނެ ދާއިރާތަކުގެ ތެރޭގައި ކަނޑުގެ ސަލާމަތީ ކަންކަމާއި، އިރުމަތީ އެފްރިކާގައި މަސައްކަތްކުރުމާއި، އަދި އިންޑިއާ-މިޑްލް އީސްޓް-ޔޫރަޕް އިކޮނޮމިކް ކޮރިޑޯ ފަދަ އިޤްތިޞާދީ މަޝްރޫޢުތައް ހިމެނެއެވެ. ޖުމްލަގޮތެއްގައި، ޖަޕާނުން ސާބިތުކޮށް ދެނީ އާބޭގެ ދުވަސްވަރުގެ ހަރަކާތްތެރި ޑިޕްލޮމެސީއާއި ސަލާމަތީ ކަންކަމުގައި އިސްނެގުމުގެ ސިޔާސަތުގެ ސާބިތު ކަމެވެ
އިންޑިއާއަކީ ޖަޕާނުގެ އިންޑޯ-ޕެސިފިކް ސްޓްރެޓެޖީގެ މައިގަނޑު ބައެއް ކަމުގައި ދެމި އޮންނާނެ ކަމަށް ޑރ. ނަގާއޯ ވިދާޅުވެ އެވެ.

ހިއްސާ ކުރައްވާ!