އެމެރިކާއާއި ޒަޔަނސްޓުން ފެށި ޓެެރަރިސްޓް ހަމަލާތަކުގެ ފުރަތަމަ 7 ދުވަހުގެ ތެރޭގައި އަރަބި ގައުމުތަކުގައި ތިބި އެމެރިކާގެ ސިފައިންނަށް ލިބުނު ގެއްލުންތަކުގެ ތަފްސީލީ އަންދާޒާތަކެއް ހާމަވެއްޖެއެވެ.
އީރާނުގެ މަސްއޫލުވެރިޔަކު ވިދާޅުވި ގޮތުގައި، ފެބްރުއަރީ 28 އިން ފެށިގެން އީރާނުން ދެމުންދާ ބަދަލުހިފުމުގެ ދިފާއީ އަސްކަރީ ހަމަލާތަކުގައި އެމެރިކާއަށް ލިބުނު އިންސާނީ އަދި މާއްދީ ގެއްލުންތަކުގެ ފުރިހަމަ ވަޒަންކުރުމެއް، ސަރަހައްދުން ބޭރުގެ މަސްދަރުތަކުން އީރާނަށް ފޯރުކޮށްދީފައިވެއެވެ. ލަފާ ކުރެވޭ ގޮތުގައި ރަޝިޔާއިން ދަނީ އީރާނަށް ސެޓެލައިޓް ޖާސޫސީ މައުލޫމާތު ފޯރުކޮށްދެމުންނެވެ.

މި ރިޕޯޓުން ފާހަގަވި އެންމެ މުހިންމު ކަމަކީ، އެމެރިކާ އާއި އިސްރާއީލުގެ ވައިގެ ދިފާއީ ހަތިޔާރުގެ ރިޒާވް ވަރަށް ބޮޑަށް ހުސްވެފައިވާ ކަމެވެ. އަދި މިއީ "ވަރަށް ސީރިއަސް" ކަމެއްގެ ގޮތުގައި އެ މަސްއޫލުވެރިޔާ ސިފަކުރެއްވިއެވެ.
އިންޓެލިޖެންސް މައުލޫމާތުތަކުން އިތުރަށް ހާމަވާ ގޮތުގައި، ހަމައެކަނި ފުރަތަމަ ހަފުތާގެ ތެރޭގައި އެމެރިކާގެ ސިފައިންގެ މަދުވެގެން 200 މީހުން މަރުވެ، 3,000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މިއން ބައެއް މީހުން ވަނީ ފަރުވާއަށް ޖަރުމަނަށް އުފުލާފައެވެ.
މީގެ އިތުރުން، އެމެރިކާ ސިފައިންނަށް ލިބިފައިވާ މާއްދީ ގެއްލުންތައްވެސް އެހާމެ ބޮޑެވެ.
އެ މަސްއޫލުވެރިޔާ ވިދާޅުވި ގޮތުގައި، އެމެރިކާގެ މިސައިލް ފޮނުވާ 150 ޕްލެޓްފޯމާއި، ޕެޓްރިއަޓް ވައިގެ ދިފާއީ ނިޒާމުގެ 23 ސިސްޓަމް ވަނީ ހަލާކު ކޮށްލެވިފައެވެ. އަދި ޖުމްލަ 37 މަތިންދާބޯޓާއި އެތައް ހެލިކޮޕްޓަރެއް ވެސް ވަނީ ގޮއްވާލާފައެވެ.
އީރާނުން ނިޒާމީ ސިފައެއްގައި މެދު ނުކެނޑި ދެމުންދާ ހަމަލަތަކުން އެމެރިކާގެ ހަތިޔާރުގެ ރިޒާވްގެ 43 އިންސައްތަ މިހާރު ވަނީ މުޅިން ނައްތާލެވިފައެވެ.
ﷲ أكبر! ތެލްއަވީވްގެ މެދު ތެރޭގައި އީރާންގެ ކޮމާންޑޯޒް އިން ކާމިޔާބު އޮޕަރޭޝަނެއް ގައި





