ވިއެޓްނާމްގެ ސަފީރު ރައިސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވަނީ
ވިއެޓްނާމްގެ ސަފީރު ރައިސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވަނީ

ތެލުގެ އަގު ހިފެހެއްޓުމަށް ވިއެޓްނާމުން ތެލުގެ ޓެކްސް ކަނޑާލައިފި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، ވިއެޓްނާމްގެ އެތެރޭގެ ބާޒާރުގައި ތެލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ޕެޓްރޯލާއި ޑީސަލް އަދި ޖެޓް ފިއުލްއިން ނަގަމުންދާ ޓެކްސްތައް އެ ގައުމުގެ ސަރުކާރުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވިއެޓްނާމްގެ ފައިނޭންސް މިނިސްޓްރީން ވަނީ ތެލުން ނަގަމުން އައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން ޓެކްސް އާއި ސްޕެޝަލް ކޮންސަމްޕްޝަން ޓެކްސް ނެގުން މެދުކަނޑާލާފައެވެ. މި ފިޔަވަޅަކީ އީރާނުގެ ހަނގުރާމައާ ގުޅިގެން ތެލާއި ގޭހުގެ އަގުތައް އުފުލެމުންދާތީ އެޅި ފިޔަވަޅެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ވިއެޓްނާމްގެ ފައިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕެޓްރޯލާއި ޑީސަލް އަދި މަތިންދާބޯޓަށް އަޅާ ތެޔޮ ނުވަތަ ޖެޓް ފިއުލްއިން ޓެކްސް އުނިކުރުމަށް ނިންމި ނިންމުމަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ނިންމުމުގެ ސަބަބުން އެ ގައުމުގެ އާންމު ދަތުރުފަތުރާއި ވިޔަފާރިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއެކު ތެލުގެ އަގަށް އަންނަ ލޮޅުންތަކުން ގައުމުގެ އިގްތިސާދު ސަލާމަތްކުރުމަށް މިއީ މުހިންމު ފިޔަވަޅެއް ކަމަށް މާހިރުން ފާހަގަކުރެއެވެ.

ހިއްސާ ކުރައްވާ!