އެ އަރަބި ދައުލަތުގެ މީހުން އެމެރިކާ އިރާގަށް ގެނައެވެ. އެކަމުގެ ސަބަބުން ގާތްގަނޑަކަށް 3 މިލިއަން އިރާގު މީހުން ޝަހީދު ވެގެން ދިޔައެވެ.
އެއަށްފަހު އެމީހުން ބުނީ އިރާގު މީހުން މެރީ އީރާނުން ކަމަށެވެ.
މިސްކިތްތަކާއި ބާޒާރުތަކުގައި ކޮންމެ ހަފުތާއަކު އަދި ނުވަތަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބޮން ގޮއްވުންތައް ގޮއްވައި އިރާގު މީހުންނަށް އަމާޒުކޮށް ޖަރީމާތައް ހިންގަން ނުރައްކާ ގްރޫޕްތައް އުފެއްދިއެވެ.
އެއަށްފަހު އެމީހުން ބުނީ އިރާގު މީހުން މެރީ އީރާނުން ކަމަށެވެ.

އެމީހުން ދާއިޝް / އައިސިސް ގެނައެވެ. ދެން ބުނީ އެއީ އިރާގު މީހުން ކަތިލުމަށްޓަކައި އުފެދުނު "ގަބީލާތަކުގެ އިންގިލާބެއް" ކަމަށެވެ.
އެއަށްފަހު އަނެއްކާވެސް ބުނީ އިރާގު މީހުން މެރީ އީރާނުން ކަމަށެވެ.
އީރާނުން ދުވަހަކުވެސް އިސްވެ އިރާގާ ދެކޮޅަށް ހަނގުރާމައެއް ނުކުރެއެވެ. އޭގެ ބަދަލުގައި، ވައްހާބީ އައިސިސް/ ދާއިޝްގެ ކިބައިން އިރާގު މިނިވަންކުރުމަށް އެހީ ވެދިނީ އީރާނުންނެވެ. އަދި އިރާގު މީހުން އެކަމުގައި ކާމިޔާބު ހޯދިއެވެ.
ވީއިރު، އީރާނުން މިލިއަނުން އިރާގް މީޙުން މެރިކަމަށް ބުނާއިރު އެ މިލިއަން މީޙުން ކޮބައި ހެއްޔެވެ؟
ސޫރިޔާގައިވެސް ކަން ކުރީ މިފަދައިންނެވެ. އެމީހުން ސޫރިޔާ ހިސާރުކޮށް، ގާތްގަނޑަކަށް 1 ޓްރިލިއަން ޚަރަދުކޮށްގެން ވައްހާބީ ތަކްފީރީ ގްރޫޕްތަކަށް އެހީތެރިވިއެވެ. މީޑިއާ ޗެނަލްތަކާއި، މިސްކިތު ތަގުރީރުތަކާއި، މިސްކިތްތަކުގައި ހިންގި ކެމްޕޭންތަކުގެ ޒަރީއާއިން ކުށްވެރި ގްރޫޕްތަކަށް މަގުފަހިކޮށްދިނެވެ.
އެއަށްފަހު އެމީހުން ބުނީ ސޫރިޔާ މީހުން މެރުމަށް އީރާނުން އެހީތެރިވި ކަމަށެވެ.
އީރާނުން އެންމެ ސޫރިޔާ މީހަކު މެރުމަށްވެސް އެހީތެރިއެއް ނުވެއެވެ. އޭގެ ބަދަލުގައި އީރާނުން އެހީތެރިވީ، މީހުން މެރުމަށް ދީނު ބޭނުން ކުރި ދައުލަތެއް އިރާގާއި ޝާމް ކަރައިގައި އުފައްދަން އުޅުނު ވައްހާބީ މަޝްރޫއަކާ ދެކޮޅަށެވެ.
އީރާނުން ސޫރިޔާގެ ދައުލަތަށް އެހީތެރިވިއެވެ. އީރާނުން އެ އެހީތެެރިކަމަކަށް ލަދެއް ނުގަނެއެވެ. އަދި އީރާނުން ހަނގުރާމަކުރީ އެ ކުށްވެރި ޖަމާއަތްތަކާ ދެކޮޅަށެވެ. ފަހުން އެމެރިކާގެ އިސްނެގުމުގެ ދަށުން އެ ޖަމާއަތްތަކާ ދެކޮޅަށް ކުރި "ދެއްކުންތެރި" ހަނގުރާމައިގައި އެ އަރަބި ދައުލަތުގެ މީހުންވެސް ބައިވެރިވިއެވެ.
ޔަމަނުގެ ވާހަކަވެސް ދައްކާލަމާ ހެއްޔެވެ؟
ޔަމަނުގެ ހާލަތު މާ ރަނގަޅަށް އެ އޮތީ ފެންނާން ނޫން ހެއްޔެވެ؟ އަރަބި ހަޟާރާގެ މަންމަ ކަމަށްވާ ޔަމަނު، ސައުދީ އަރަބިއްޔާއިން ޔަމަން ކުނިގޮނޑަކަށް ހަދާލިއެވެ. އަދި ޝީޢީ ސަރަހައްދުތަކުގައި ފިތުނަ އުފެއްދުމަށްޓަކައި "ވައްހާބީ" މަރުކަޒުތައް ގާއިމުކުރިއެވެ. މި މަރުކަޒުތަކަކީ ޝިޔައީ މުސްލިމުން ކާފަރުކުރުމުގެ މައްޗަށް ބިނާވެފައިވާ ތަންތަނެވެ. މީގެ ސަބަބުން އެތައް ހާސް ބޭރު މީހުންނެއް އެތަނަށް ޖަމާވެ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ހާލިތަކަކަށް އެތަންތަން ހެއްޖެވެ.
ސައުދީން ޔަމަނުގެ ރައްޔިތުން ފިސްފިސްކޮށްލިއެވެ. އަދި ޔަމަން އެމީހުންގެ ބާރުގެ ދަށުގައި ބޭއްވުމަށްޓަކައި ކޮރަޕްޓް ސިޔާސީ ފަންތިއެއް އުފެއްދިއެވެ. އޭގެ ސަބަބުން ޔަމަނުގެ ރައްޔިތުން ފަގީރުކަމާއި ނިކަމެތިކަމުގެ ތެރެއަށް ގެނބިގެން ދިޔައެވެ.
ސެޕްޓެމްބަރު 21 ގެ އިންގިލާބު އައުމާއެކު، ސައުދީން ވޮޝިންޓަނަށް ދުވެގޮސް ޔަމަނަށް އަރައިގަތުމުގެ ރޭވުންތައް ރޭވިއެވެ.
މަސްތަކެއް ފަހުން، ސައުދީއާއި އިތުރު 16 ގައުމަކުން ޔަމަނަށް ވަރުގަދަ ހަމަލާތަކެއްދީ، މުޅި ގައުމު ހިސާރުކުރިއެވެ. 3 ލައްކަ އަށްވުރެ ގިނަ ވައިގެ ހަމަލާތައް ދީ، ބައި މިލިއަން ބޮން އެޅިއެވެ. އެ ހަމަލާތައް އަމާޒުކުރީ ގޭގެއަށާއި، ސްކޫލްތަކަށާއި، ބާޒާރުތަކަށާއި، ކައިވެނި ހަފުލާތަކަށާއި، ޖަނާޒާތަކަށާއި، ހޮސްޕިޓަލްތަކަށާއި، ފެންވަޅުތަކަށާއި، ގަބުރުސްތާނުތަކަށެވެ. ޔަމަން ކުނިގޮނޑަކަށް ހަދާލިއެވެ.
މި ހުރިހާ ކަމެއް ކުރުމަށްފަހު، އެއްވެސް ލަދެއްނެތި އެ އަރަބި ދައުލަތުން ބުނަނީ: "އީރާނުން ޔަމަނަށް ހެދި ގޮތް ބަލާލާށެވެ!"
އީރާނުން ލުބުނާނުގައި އެހީތެރިވީ އިސްރާއީލާ ދެކޮޅަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތަށެވެ. ލުބުނާނަކީ ދީނީ ރޮނގުތަކަށް ބަހާފައިވާ ގައުމެކެވެ. ނަސާރާއިންގެ އެއް ބަޔަކު މުސްލިމުންނާ ދެކޮޅަށް އިސްރާއީލަށް ވާގިވެެރި ވެއެވެ. ސަބްރާއާއި ޝަތީލާގައި ފަލަސްޠީނު މީހުން ގެ ގަތުލުއާންމު ހަނދާނަށް ގެންނާށެވެ. އީރާނުން އެހީވި މުސްލިމު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ޙިޒުބުﷲ އިން އެމީހުންގެ ހަތިޔާރު ދުވަހަކުވެސް އިސްރާއީލާ ދެކޮޅަށް ނޫނީ އަމާޒެއް ނުކުރެއެވެ.
އެ ހަތިޔާރުގެ އެހީގައި 2000 ވަނަ އަހަރު ލުބުނާން މިނިވަންވިއެވެ.
އެ ހަތިޔާރުގެ އެހީގައި 2006 ގެ ޔަހޫދީ އުދުވާން ހުއްޓުވިއެވެ.
އެ ހަތިޔާރުގެ އެހީގައި 2014 ގައި މިނިވަންކަން ހޯދިއެވެ.
އެ ހަތިޔާރުގެ އެހީގައި 2024 ގެ ޔަހުދީ އުދުވާންވެސް ނާކާމިޔާބުކޮށްލިއެވެ.
އެ އަރަބި ގައުމުން ލުބުނާނަށް ކުރީ ކީއް ހެއްޔެވެ؟
ޔަމަންގެ އުދުވާންގައި ބައިވެރިވި ކަމަށް ބުނުމުން ލުބުނާނާ ދެކޮޅަށް ފިޔަވަޅު އެޅީއެވެ.
އެމީހުން އެހީތެރިވީ އިސްރާއީލަށް ފައިދާވާ ކޮންމެ ކަމަކަށެވެ.
ޔަހޫދީންނާ ދެކޮޅަށް ހަތިޔާރު އެޅި މުސްލިމު ޖަމާއަތާ ދެކޮޅަށް މަސައްކަތްކުރި ކޮންމެ ޚާއިނަކަށް އެމީހުން ޚަރަދުކުރިއެވެ.
މި ވާހަކަތަކަކީ އާންމު ވާން ވެއްޖެ ވާހަކަތަކެވެ! މުތަރުޖިމް






