އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު މަޤާމުން އިސްތިއުފާ ދެއްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. ޒާހިދު އިސްތިއުފާ ދެއްވި ނަމަވެސް، އެ މަޤާމުން ވަކިވެވަޑައިގަތުމަށް ނިންމެވި ވަކި ސަބަބެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

މުޙައްމަދު ޒާހިދު އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަނުކުރެއްވީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އޭނާ ވަނީ އެ ކޮމިޝަންގެ ނާއިބު ރައީސްކަން ވެސް ކުރައްވާފައެވެ. އަދި ކޮމިޝަންގެ ރައީސްގެ މަޤާމަށް އޭނާ އައްޔަނު ކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އިލެކްޝަންސް ކޮމިޝަންގެ އިތުރުން ޒާހިދު ވަނީ މީގެ ކުރީން ވެސް ދައުލަތުގެ މިނިވަން މުއައްސަސާތަކުގައި އިސް މަޤާމުތަކެއް ފުރުއްވާފައެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ނާއިބު ރައީސްގެ މަޤާމު ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

ހިއްސާ ކުރައްވާ!