ކެލިފޯނިއާގެ ވޯލްޑް ކަޕް ފޭން ޒޯނެއްގައި ބަޑިޖެހުމުގެ ހާދިސާއެއް: މީހަކު މަރުވެއްޖެ

އެމެރިކާގެ ކެލިފޯނިއާގެ ސަން ހޯޒޭ ސިޓީގައި ވޯލްޑް ކަޕް ފުޓްބޯޅަ މެޗުތައް ދެއްކުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި މީހަކު މަރުވެ، އިތުރު މީހަކު ސީރިއަސް ހާލަތުގައި ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުއެވެ. ބަޑިޖެހި ވަގުތަކީ އެ ސަރަހައްދުގައި އެއްވެސް މެޗެއް ދައްކަމުން ދިޔ ަވަގުތެއް ނޫނެވެ. މި ހާދިސާ ހިނގީ ސަން ހޯޒޭގެ މަޝްހޫރު "ސަން ޕެޑްރޯ ސްކޮއާ" ގައެވެ. މިއީ ސެން ފްރަންސިސްކޯ ބޭ އޭރިއާގައި ވޯލްޑް ކަޕް މެޗުތައް ބަލަން ގިނަ ބަޔަކު އެއްވާ މައިގަނޑު އެއް މަރުކަޒެވެ.

ސަން ހޯޒޭ ފުލުހުން އެކްސްގައި އާންމުކުރި މައުލޫމާތުގައި ބުނެފައިވަނީ، ބަޑިޖެހި މީހާ ވަގުތުން މަރާލެވިފައިވާ ކަމަށެވެ. އަދި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދެވުނީ ފުރާނައަށް ނުރައްކާވާ ފަދަ ޒަހަމްތަކަކާއެކު ކަމަށެވެ.

މި ހާދިސާ މިހާރު ތަހުގީގު ކުރަމުންދަނީ ގަސްތުގައި މީހަކު މެރިކަމުގެ މައްސަލައެއްގެ ގޮތުގައެވެ. ހާދިސާ ހިނގި ސަރަހައްދުގެ ވަށައިގެންވާ ބައެއް މަގުތައް ފުލުހުން ވަނީ ބަންދުކޮށްފައެވެ.

މިއީ ވޯލްޑް ކަޕް ފޯރިއާއެކު ގިނަ ބަޔަކު އެއްވެ އުޅޭ ތަނަކަށް ވުމުން، މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ސަލާމަތީ ކަންކަމާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ހިއްސާ ކުރައްވާ!