ނިއު ޔޯކްގައި ބަޑިޖެހުމުގެ ހާދިސާއެއް: 4 ކުޑަކުދިންނާއެކު 8 މީހަކު ޒަހަމްވެއްޖެ

އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން، ނިއު ޔޯކްގެ ކޯނީ އައިލެންޑް ސަރަހައްދުގައި ބަޑިޖެހުމުގެ ނުރައްކާތެރި ހާދިސާއެއް ހިނގާ، 4 ކުޑަކުދިންނާއެކު 8 މީހަކު ޒަހަމްވެއްޖެ އެވެ. އޭބީސީ ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 10:37 ހާއިރު ބްރޫކްލިންގެ ވެސްޓް 31 ވަނަ މަގުގަ އެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ނިއު ޔޯކް ޕޮލިސް ޑިޕާޓްމަންޓްގެ އޮފިސަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސްފަ އެވެ.

މި ހަމަލާގައި ޒަހަމްވި މީހުންގެ ތެރޭގައި ހިމެނެނީ ދެ ފިރިހެނުން، ދެ އަންހެނުން އަދި 14، 12، 7، އަދި 6 އަހަރުގެ ހަތަރު ކުޑަކުދިންނެވެ.

ޕޮލިހާ ހަވާލާދީ މީޑިއާ ރިޕޯޓުކުރާ ގޮތުގައި، ޒަހަމްވި އެންމެން ވެސް ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފަ އެވެ. އޭގެ ތެރެއިން ހަތް މީހެއްގެ ހާލު މިހާރު ރަނގަޅު ނަމަވެސް، 21 އަހަރުގެ އަންހެނެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް މައުލޫމާތު ލިބެ އެވެ.

މި ހާދިސާ ހިނގި ސަރަހައްދުން ބަޑިއެއް ފެނިފައިވާކަމަށް ފުލުހުން ކަށަވަރުކޮށްދެ އެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން ދަނީ މި ހާދިސާ ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެމެރިކާގެ މިނިވަން ދުވަހުގެ 250 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރައްޔިތުންގެ ފަރާތުން ވަނީ ވަޅޯ ތަރުހީބެއް ލިބިފައެވެ.

ހިއްސާ ކުރައްވާ!