މިސްރުގެ އަނިޔާވެރި ޠުރާ ޖަލުގެ ހަތަރުވަނަ ވޯޑުގެ ތިންވަނަ ގޮޅީގެ ތެރޭގައި ވަނީ މިލިޓަރީ ފުލުހުންގެ ބާރުވެރިކަމަކާއި ބިރުވެރި ކަމެކެވެ. އެއީ 1966 ވަނަ އަހަރުގެ އޮގަސްޓް މަހެވެ. ޖަލުގެ ބޭރުގައި، ޖަމާލް ޢަބްދުއްނާޞިރުގެ މިޞްރަކީ ސިއްރު ބިރުވެރިކަމާއި، އަސްކަރީ ކޯޓުތަކާއި، ދެކޮޅުވެރިކަން ނިޒާމުން ގެއްލުވާލުމަށް އުފައްދާފައިވާ ޖާސޫސީ ނިޒާމެއްގެ މާހައުލެކެވެ.
ޖަލު ތެރޭގައި ޒުވާން، ލޯފަން ދާޢީއެއް ކަމަށްވާ ފަޟީލަތުއްޝައިޚް ޢަބްދުލްޙަމީދު އަލްކިޝްކު އިންނެވީ، ކޮރިޑޯއިން އިވޭ ފާރަވެރިންގެ ބަރު ފިޔަވަޅުތަކުގެ އަޑަށް ސަމާލުވެ ވަޑައިގެންނެވުމުގައެވެ.
ލޯފަން ޝެއިޚު ޖަލަށް ގެނަސްފައި ވަނީ ބުރާސްފަތި ދުވަހު އޭނާގެ ގެއަށް ޒިޔާރަތް ކުރި ދެމީހުން ފޯރުވައި ދިން ލީޑަރުގެ މެސެޖާ އެއް ގޮތަށް އަމަލު ނުކޮށްގެންނެވެ.
މެސެޖަކީ މާދަމާ ހުކުރު ދުވަހުގެ ހުކުރު ޚުޠުބާގައި ބުނާށެވެ!
"ސައްޔިދު ޤުތުބަކީ ދަން ޖެއްސުން ހައްޤުވާ މީހެކެވެ!" ޝެއިޚު ވިދާޅުވީ ތިޔަ ވާހަކައަށް، ނޫނެކޭ ބުނެފިނަމަ؟
"ވާނެ ގޮތް އެނގެއެއް ނު؟" ޖަވާބުގައި ބުންޏެވެ.
ހަފްތާއެއް ފަހުން ޝެއިޚު އޮތީ ޖަލު ގޮޅީގައި ބިންމަތީގައި އޭނާގެ ޖުއްބާ އަޅައިގެން ފަގުޑި ބޯދޮށަށް ލައިގެން އޮށޯވެއެވެ!
އެއީ ސައްޔިދު ޤުޠުބު ޝަހީދުކޮށްލި އަބްދުއްނާސިރުގެ އަނިޔާވެރިކަމުގެ ނިޒާމެވެ.
ޢުމުރުން 60އަހަރުގެ ޤުތުބަކީ، ދިހަ އަހަރުގެ ޖަލު ޙުކުމްގެ އަނިޔާތަކުގެ ސަބަބުން ހަށިގަނޑު ބަލިކަށިވެފައިވާ އަދަބީ ފާޑުކިޔުންތެރިއެކެވެ. އަދި އިސްލާމީ މުފައްކިރެކެވެ.
20 ވަނަ ގަރުނުގައި ލިޔުނު އެންމެ ފުރަތަމަ ކީރިތި ޤުރުއާނުގެ ތަފްސީރު ފޮތް "ފީ ޒިލާލިލްޤުރުއާން" ގެ މުސައްނިފެވެ.
ހިތުގެ ބަލީގެ ބަލި މީހެކެވެ. ހަކުބަލި ޖެހިފައިވާ މީހެކެވެ. ފުއްޕާ މޭ މަސައްކަތެއް ނުކުރެއެވެ.
ސައްޔިދު ޤުޠުބު ދަންޖެއްސުމަށް ޙުކުމް އިއްވީ ﷲގެ އަދުއްވެއް ކަމަށްވާ، ޖެނަރަލް ފުއާދު އައްދިޖުވީއެވެ. އަސްކަރީ ކޯޓެއްގައެވެ.
ޝަރީއަތުގެ މަޖިލީހުގައި ސައްޔިދު ޤުޠުބު ޤާޟީއަށް ދެންނެވި އެވެ.
"އިނދީދެލިއަސް ހެޔޮ ތޯއެވެ!"
"ކަލޭ މެން ކަހަލަ މީހުން ރަނގަޅު ވާނީ ކޮއްޅަށް ބޭއްތިބީމަ އެވެ." ގާޟީ ޖަވާބު ދިނެވެ.
"ފެން ފޮދެއް ލިބި ދާނެ ތޯއެވެ؟"
"ކަލޭމެން ކަހަލަ މީހުން ރަނގަޅު ވާނީ ފެން ނުދީ މަރާލުމެވެ." ގާޟީ ބުންޏެވެ.
"ބާރަށް ވާހަކަ ދައްކާށެވެ!" ގާޟީ ހަޅޭއް ލަވައި ގަތެވެ.
"މަގޭ ފުއްޕާ މޭ ހަލާކުވެފައެވެ. ހިތުގެ ބަލީގައި އެބައުޅެމެވެ. މިއަށް ވުރެން ބާރަކަށް އަޑެއް ނުނެރެވޭއެވެ!" އެކަމަކުވެސް ޤާޟީ ސައްޔިދު ޤުޠުބަށް ބާރަށް ވާހަކަ ދައްކަން މަޖުބޫރު ކުރިއެވެ. ބޭނުންވީ އިހާނެތިކޮށް ހިތައި ސައްޔިދުގެ އަޒުމު ބަލިކޮށްލާށެވެ.
އެ ދުވަހުގެ ޝަރީއަތުގެ މަޖިލުގައި ﷲގެ އަދުއްވު ދިޖުވީ ޙުކުމް އިއްވީ، ސައްޔިދު ޤުޠުބު ދަންޖައްސާށެވެ.
ޙުކުމް އިވުމާއެކު ސައްޔިދު ޤުޠުބު ހިނުފުޅުވެޑުވިއެވެ.
ސަރުކާރު މީޑިއާގެ އެދުވަހުގެ ރިޕޯޓުތަކުގައި ބުނެފައި ވަނީ ޙުކުމު އިއްވުމާއެކު ސައްޔިދުގެ ބުއްލި ފިލައި ދިޔައީ ކަމަށެވެ! އެހެނެއް ނޫނެވެ. އެއީ ހަމަ ހިތް ހަމަޖެހުމެކެވެ.
ހުކުމް އައީވެސް އަބުދުއްނާސިރުގެ ޖަލުގައި އެތައް އަދަބަކަށް ކެތް ކުރި ފަހުންނެވެ.
ސައްޔިދުގެ ދުޢާއަކީ "ﷲއެވެ! އަޅާ ޝަހީދެއްގެ ގޮތުގައި ގެންދަވާށެވެ!"
މިއަށް ވުރެން މޮޅު ފުރުސަތެއް މީހަކަށް ލިބޭނެ ހެއްޔެވެ؟ ސައްޔިދުގެ އެ ހިނިތުން ވުމަކީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ!
އިސްލާމީ ޤައުމުތަކުގެ ވެރިން އަބްދުއްނާސިރުއަށް، ސައްޔިދު ޤުޠުބު ދަން ނުޖެއްސުމަށް އެދި ދެންނެވިއެވެ. ޕާކިސްތާނުންވެސް ދެންނެވިއެވެ.
ދަންޖެއްސުމަށް ނިންމުމުން ޖައްލާދު އޮފީހުން ނާސިރަށް ދެންނެވިއެވެ. ގަވާއިދު ނިޔާ ކުރާ ގޮތުން އުމުރުން 60 ވެފައިވާ މީހުން ދަންޖެއްސުމެއް ނޯވެއެވެ!
"މިއީ އިސްތިސްނާއެކެވެ! ކުރިއަށް ގެންދާށެވެ!" އެއީ އަބްދުއްނާސިރުގެ ޖަވާބެވެ.
މި ހާދިސާގެ އެންމެ އަސަރުގަދަ ވަގުތުކޮޅު އައީ 1966 ވަނަ އަހަރުގެ އޮގަސްޓް 29 ވަނަ ދުވަހުގެ ފަތިހުގެ ވަގުތުގައެވެ.
ޖަލު ފާރަވެރިން ސައްޔިދުގެ ގޮޅި ހުޅުވާލުމަށް ފަހު އެހެން ގޮޅިއަކަށް ބަދަލު ކުރާ ކަމަށް ބުންޏެވެ.
ހިނިތުންވެފައި، ސައްޔިދު ވިދާޅުވިއެވެ. "ދަންމަޅި ތައްޔާރު ކޮށް ނިމުނީ ހެއްޔެވެ؟"
ސައްޔިދުގެ ސުއާލާ މެދު ހައިރާން ވެގެން ސައްޔިދަށް އެކަން އެނގިވަޑައިގަތީ ކިހިނެއްކަން ގާޑުން ސުއާލު ކުރިއެވެ.
ސައްޔިދު ވިދާޅުވިއެވެ. "އިރުކޮޅެއް ކުރިން ނިނދީގައި ރަސޫލާ ﷺ ހުވަފެނުން ދުށީމެވެ. އަހުރެން ހުދު އަހަކަށް ސަވާރު ވަނީ އެވެ. ރަސުލާ އަހުރެންނާ ސަލާން ކުރެއްވިއެވެ."
ނާސިރުގެ ސިފައިން ޖަލުގެ ވަށައިގެންވާ އިމާރާތްތަކުގެ މައްޗަށް އަރައި ފާރައަށް ތިއްބެވެ. މިލިޓަރީ ޕޮލިސް ޖަލު ބެލެހެއްޓުމާ ހަވާލުވިއެވެ.
ސައްޔިދުގެ އެންމެ ފަހު އެދުމަކީ ދެ ރަކުޢަތް ނަމާދެއް ކޮށްލުމަށް ވަގުތު ދިނުމެވެ.
ދަންޖައްސާ ކޮޓަރިއަށް ސައްޔިދު ވެއްދުމަށްފަހު ދެ އަތް ފުރަގަހަށް ބަނުމަށާއި ބޮލަށް ފެއްތުމަށް ކޯރި ހިފައިގެން ޖައްލާދު ކުރިއަށް ޖެހިލިއެވެ.
"މަގޭ އަތް ތިޔަ ބަންނަނީ ކީއްވެ ހެއްޔެވެ؟ މަގޭ ވެރި ރަސްކަލާނގެއާ ބައްދަލުކުރުމަށް އަހަރެން ފިލައިގެން ހިނގައި ދާނެތީ ތިޔަބައި މީހުން ހަމަ ބިރުގަންނަނީ ހެއްޔެވެ؟"
އެސާހިތަކުން ދަންމަޅިން ނެގި ގަބުރު މޯޗަރީއަށް ގެންގޮސް އޮޓްޕްސީ ހެދުމަށް ފަހު ސިއްރު މަހާނައެއްގައި ވަޅުލިއެވެ. މި ތަން އަދިވެސް ހޯދިފައެއް ނުވެއެވެ.
މިހާދިސާގައި ހިމެނުނު މީހުންނަށްވީ ކިހިނެއް ހެއްޔެވެ؟
- ޒައީމު އަވަހާރަވެގެން ފަސްދާނުލީ މިސްކިތެއްގެ ތެރޭގައެވެ. ޒަމާނަކަށް ފަހު ގަބުރުން ނަޖިހުގެ ވަސް ދުވާތީ އެތައް ދުވަހެއް ފަހުން ކުރާން ނުކުރާ ތިބެ، ގަބުރު ކޮނެގެން ބެލިއިރު ފާޚާނާ ހޮޅިއެއް ފަޅައިގެން ނަޖިސްތައް ވަދެފައި ވަނީއެވެ.
މިސްކިތުގެ ދެ ފަރާތު މަގުން ޓްރެފިކް ބޯކަމުން މިސްކިތަށް މީހުންނަށް ނަމާދަކަށް ނުދެވެއެވެ. ގޮތަކަށް މިސްކިތް ފަޅުވީއެވެ. - ދިޖުވީ ދައުލަތަށް ކޮށްދިން ޚިދުމަތުގެ މުގާބިލުގައި އޭނާއަށް ދިނީ ޣައްޒާގެ މިލިޓަރީ ގަވަރުނަރުގެ މަގާމެވެ. އެއިރު ޣައްޒާ އޮތީ މިސްރުގެ ބެލުމުގެ ދަށުގައެވެ. އެއީ 1967ގެ ހަނގުރާމައިގެ ކުރިއެވެ. 1967ގެ ހަނގުރާމައިގައި އިޒްރޭލު ސިފައިން ވަށާލުމާއެކު ދިޖުވީ ދެއަތް މައްޗަށް ނަގައިގެން އަމާން ދެމުން ނިދާ ކޮޓަރިން ބޭރަށް، އިސްރޭލު ސިފައިން ބުރަކަށީގައި ބަޑި ޖައްސައިގެން ނެރުނު މަންޒަރު އިންޓަރނޭޝަނަލް މީޑިއާއިން ދެއްކިއެވެ. އިޒްރޭލުން އޭނާ ޖަލަށް ލާފައި ބެހެއްޓިއެވެ. އަހަރުތަކެއް ފަހުން މިސްރަށް ގެނައީ އަސީރުން ބަދަލު ކުރުމުގެ ތެރޭގައެވެ.
- ޠުރާ މިލިޓަރީ ޖަލުގައި ސައްޔިދަށް އަނިޔާ ކުރި ހަމްޒާ ބަސްޔޫނީ މަރުވި ގޮތް މިލިންކުގައި މި ވަނީ އެވެ.
- ޖާސޫސީ އިދާރާ ހިންގަން ހުރި ސަލާހު ނަސްރު ދިގު މުއްދަތަކަށް ރައީސް ސާދާތު ވެރިކަމުގައި ޖަލުގައި ބަންދު ކުރިއެވެ. އެހިސާބުން އޭނާގެ ލޮލުގެ ފެނުން ދިޔައެވެ. އޭނާގެ ޑޮކްޓަރަށް ކިޔައި ދިން ގޮތުގައި އެންމެ ވޭން ދެނިވި ކަމަކީ ލޮލުގެ ފެނުން ގޮސް މީހާ މަރުވާން ބޭނުންވުމުންވެސް އޭނާ މަރުނުވެ ހުރުމެވެ.
- ޝެއިޚު އަބްދުލްހަމީދު ކިޝްކު، މިއެންމެން ފަނާވަންދެން އެމީހުންގެ ވާހަކަ ކިޔައި ދެއްވުމުގައި ދޭރުލް މައްލާކު މިސްކިތުގައި ދަރުސް ދެއްވުމުގައި ދެމި ހުންނެވިއެވެ. އެ މިސްކިތުން ހުކުރު ނަމާދަށް ޖާގައެއް ލިބެނީ 10 ޖެހުމުގެ ކުރިން ދާ މީހަކަށެވެ. މުޅި ހިސާބު ގަނޑު އޮތްނަނީ ހުކުރަށް ތޮތް ޖެހިފައެވެ. އެއީ ފަހު ޒަމާނުގައި މިންބަރު މަތިން ފެނިގެން ދިޔަ އެންމެ ބަސްމޮށުންތެރި އެންމެ ބަލާޣާތްތެރި ޚަޠީބެވެ!
ނޯޓު: ސައްޔިދު ޤުޠުބުގެ ނަން އަޑުއިވި ލާދީނީ ފިކުރުގެ މީހުން ނިކަން ބިރުގަންނާނެއެވެ. ހަގީގަތް ހޯދާލާށެވެ!







